
މިފްކޯ އިން އެ އުފެއްދުންތައް ތައާރަފުކޮށްފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށް ދާ އެފްއެންބީ ޝޯގެ ތެރެއިންނެވެ.
'ފަސްމީރު ލައިފްސްޓައިލް' ގެ އާ އުފެއްދުންތަކެއްގެ ގޮތުގައި ތައާރަފުކޮށްފައިވަނީ ތަފާތު ފަސް ބާވަތުގެ މީލް ޕެކްތަކެކެވެ.
ފަސްމީރުގެ މީލް ޕެކްތައް
- ޓޫނާ އިން ބަޓާ ސޯސް
- މަސްބަތް
- ޓޫނާ ވިތް ކަންކުން އެންޑް ސްޕިނެޗް ރައިސް
- ޓޫނާ އިން ބާބަކިއު ސޯސް
- ޓޫނާ ވިތު އޮބާޖީން
މަހާއި ބަތުގެ އިތުރުން ތަފާތު ގިނަ ރަހަތައް ހިމަނައިގެން އުފައްދާފައިވާ މި މީލް ޕެކްތަކަކީ ފަސް މިނެޓަށް މައިކްރޮވޭވް ކޮށްލުމަށް ފަހު ކެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އުފެއްދުންތަކެކެވެ.
މިފްކޯ ފަސްމީރު ފިހާރަތަކުން މިހާރު މި މީލް ޕެކްތައް ގަންނަން ލިބެން ހުންނާނެއެވެ. ޕެކްތަކުގެ އަގުތައް ހުންނާނީ 60 ރުފިޔާ އާއި 80 ރުފިޔާ އާ ދެމެދުގައެވެ.
އެފްއެންބީ ޝޯގެ އެންމެ ފަހު ދުވަހަކީ މިއީ ކަމަށްވާއިރު، މިރޭ 8:00 އިން 11:00 އަށް އެކްސްޕޯގައި ހުންނަ މިފްކޯގެ ސްޓޯލުން މި ޕެކްތަކުގެ ރަހަ ބަލާލުމުގެ ފުރުސަތު ލިބޭނެއެވެ.