ads
މޫލީ މެދުވެރިކޮށް ސެމްސަންގް ގެލެކްސީ އެސް23 ފޯނަށް ފުރަތަމަ ޕްރީއޯޑަ ކުރި ކަސްޓަމަރަކަށް ފޯނު ހަވާލުކުރަނީ - ފޮޓޯ:އުރީދޫ
މޫލީ އިން ގެލެކްސީ އެސް 23 އަށް ޕްރީއޯޑަ ކުރި ފަރާތްތަކަށް ޑެލިވަރީ ކުރަނީ
މޫލީ މެދުވެރިކޮށް ސެމްސަންގް ގެލެކްސީ އެސް23 ފޯނަށް ޕްރީއޯޑަ ކުރި ފުރަތަމަ ހަތަރު ކަސްޓަމަރުންނަށް ފޯނު ހަވާލުކޮށް ޑެލިވަރީ ފަށައިފިއެވެ.

މޫލީ، އީކޮމާސް ޕްލެޓްފޯމް މެދުވެރިކޮށް ސެމްސަންގް ގެލެކްސީ އެސް23 ފޯނުތައް ޕްރީއޯޑަރު ކުރި ފުރަތަމަ ހަތަރު ކަސްޓަމަރުންނަށް މި މަހުގެ 23 ވަނަ ދުވަހު ފޯނު ހަވާލުކޮށް ޕްރީއޯޑަ ކުރި އެހެން ކަސްޓަމަރުންނަށް ފޯނު ހަވާލުކުރުމަށް ޑެލިވަރީ ފަށާފައިވާ ކަމަށް އުރީދޫން ބުނެފިއެވެ. އުރީދޫން ބުނީ މޫލީއިން ސެމްސަންގް ގެލެކްސީ އެސް23 ފޯނަށް ޕްރީއޯޑަރަށް ހުޅުވާލީ މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އުރީދޫން ބުނި ގޮތުގައި އެސް23 ފޯނު ގަންނަން ޝައުގުވެރިވާ ކަސްޓަމަރުންނަށް އަދިވެސް ހާއްސަ އޮފާގެ ދަށުން ލިބޭ ފައިދާތަކާ އެކު ފޯނު ގަތުމުގެ ފުރުސަތު އެބައޮތް ކަމުގައެވެ. އެގޮތުން ސެމްސަންގް ގެލެކްސީ އެސް23 ގަންނަ ކަސްޓަމަރުންނަށް މި އޮފާގެ ދަށުން ލިބޭ ފައިދާތަކަކީ: 

  • ހިލޭ ގެލެކްސީ ބަޑްސް ދޭއް ޕްރޯ
  • އުރީދޫ ކަސްޓަމަރުންނަށް ފަސް މަސް ދުވަހަށް 23 ޖީބީ
  • ވަންޑްރައިވް ހަ މަސް ދުވަހަށް 100 ޖީބީ
  • ސްޕޮޓިފައިއަށް ތިން މަސް ދުވަހުގެ ސަބްސްކްރިޕްޝަނެއް

ސެމްސަންގް ގެލެކްސީ އެސް23 އަކީ ގެންގުޅެން ފަސޭހަވާނޭ ގޮތަށް ޑިޒައިން ކުރެވިފައިވާ ޒަމާނީ ޓެކްނޮލޮޖީ ހިމަނައިގެން އުފައްދާފައިވާ ސެމްސަންގްގެ އެންމެ ފަހުގެ ފޯނެވެ. މި ފޯނުގައި 6.1 އިންޗީގެ ޑައިނަމިކް އެމޮލެޑް ޑިސްޕްލޭ އާ އެކު 120 ހާޓްޒް ރިފްރެޝް ރޭޓެއް ހިމެނެއެވެ. ފޯނުގެ ކެމެރާއަށް ބަލާއިރު 12 މެގަޕިކްސެލްގެ ސެލްފީ ކެމެރާއަކާއި ޓްރިޕްލް ރިއާ ކެމެރާއެއް ހިމެނޭއިރު، އޭގެ ތެރޭގައި 12 މެގަޕިކްސެލްގެ އަލްޓްރާ ވައިޑް ކެމެރާ އާއި 50 މެގަޕިކްސެލް ވައިޑް ކެމެރާ އަދި 10 މެގަޕިކްސެލް ޓެލެފޮޓޯ ކެމެރާ ހިމެނެއެވެ.

your imageމޫލީ މެދުވެރިކޮށް ސެމްސަންގް ގެލެކްސީ އެސް23 ފޯނަށް ފުރަތަމަ ޕްރީއޯޑަ ކުރި ކަސްޓަމަރަކަށް ފޯނު ހަވާލުކުރަނީ - ފޮޓޯ:އުރީދޫ

މޫލީ މެދުވެރިކޮށް ސެމްސަންގް ގެލެކްސީ އެސް23 އަށް އޯޑަރު ދިނުމަށް: http://ore.do/s23ultra

މޫލީ މެދުވެރިކޮށް ވިޔަފާރި ކުރާ ފަރާތްތަކަށް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް