އެގޮތުން އިންސްޓަގުރާމު މެދުވެރިކޮށް ސޯނަމް ހިއްސާކުރަމުންދާ ފޮޓޯތަކަށް ގިނަ ބަޔައެއްގެ ސަމާލުކަން ލިބިފައިވަނީ އެނާ އެފޮޓޯތަކުގައި އޭނާ ހެދުން އަޅާފައި ހުރި ގޮތުންނެވެ.
އެގޮތުން ގިނަ ބަޔަކަށް އެ ޑިޒައިންތައް ކަމުގޮސްފައިވާއިރު ސޯނަމް އަށް އެހެދުންތައް ވަރަށް ގުޅޭކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
ސޯނަމް ވަނީ ބޮލީވުޑުގެ ގިނަ ފިލްމުތަކުގައި މަސައްކަތްކޮށްފައެވެ. އެނާ ފެނިގެންދިޔަ ބައެއް ފިލްމުތަކުގެ ތެރޭގައި "އައި ހޭޓް ލަވް ސްޓޯރީސް" އާއި "ބާގް މިލްކާ" އާއި "ނީރްޖާ" އާއި "ހޫބްސޫރަތު" އަދި "ސަންޖޫ" ހިމެނެއެވެ.
ސޯނަމް އެންމެ ފަހުން ފެނިގެންދިޔައީ "ދަ ޒޯޔާ ފެކްޓާ" އިންނެވެ.