ads
ހުޅުމާލޭ ފަޅުގައި ސަފާރީތަކެއް
ފަސް ފިރިހެނަކު ވެގެން ސަފާރީއެއްގައި ފަތުރުވެރިއަކު ރޭޕުކުރި މައްސަލައެއް ބަލަނީ
ފަސް ފިރިހެނަކު ވެގެން ސަފާރީއެއްގައި ފަތުރުވެރިއަކު ރޭޕުކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
Advertisement

މިމައްސަލަ އާއި ގުޅިގެން ފުލުހުން މިއަދު ބުނީ އެފަދަ މައްސަަލައެއް ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށާއި ނަމަވެސް ސަފާރީއެއްގައި ފަތުރުވެރިއަކު ރޭޕުކުރިކަމަށް ބުނާ މައްސަަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. 

ފުލުހުން ބުނީ، ފުލުހުންގެ ސަމާލުކަމަށް އެކަން އައުމާއި ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ. އެކަމަކު އެކަމުގެ އިތުރު ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ. 

ފަސް ފިރިހެނަކު ވެގެން ފަތުރުވެރިއަކު ރޭޕުކުރި މައްސަލައެއް ފެންމަތިވިއިރު، ހުޅުމާލޭ ފަޅުގައި އަޅާފައިވާ ސަފާރީއެއްގައި 2020 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުގެ ރޭ ކެންޔާގެ އަންހެނަކު ރޭޕްކުރިކަމަށް ބުނާ މައްސަލައެއްވެސް މީގެ ކުރީން ފެންމަތިވި އެވެ. އެކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރު ކުރުމަށްފަހު ފުލުހުން އެމީހުން އެފަހަރު ދޫކޮށްލާފައިވަނީ ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ އެވެ.

އެމައްސަލާގައި އެމީހުން ދޫކޮށްލުމުން އުފެދުނު ކަންބޮޑުވުންތަކާއި ގުޅިގެން އެފަހަރު ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ އެންމެ ފުރަތަމަ އެ ހާދިސާގެ ވާހަކަ އަޑުއިވުމުން އެމަނިކުފާނުވެސް ހީފުޅުކުރެއްވީ އެއީ ވަރަށް ބޮޑު ރޭޕް ކޭސްއެއް ކަމަށް ކަމަށާއި އެކަމަކު އެހެންނަމަވެސް އެމައްސަލަ ރަނގަޅަށް ބަލައި ކައިރިން ދެނެގަތުމުން ސަފާރީގައި ހިނގާފައިވަނީ އާއްމު ތަނެއްގައި ހުރެފަވެސް ކޮށްލެވޭވަރު ކަމެއްކަން ސާފުވި ކަމަށެވެ.

މައްސަލަ ބެލުމުގައި މައްސަލަތަކެއް ނެތްކަމަށް ނުބުނާނެ ކަމަށާއި އެހެންނަމަވެސް އާއްމުންގެ ތެރޭގައި ދެކެވޭ ކަަހަލަ ބޮޑު ރޭޕްކޭސްއެއް ނުހިނގާ ކަމަށްވެސް އެފަހަރު އިމްރާން ވިދާޅުވި އެވެ. 

އުމުރުން 27 އަހަރުގެ އެ އަންހެން މީހާ ބުނާ ގޮތުން އެ ހާދިސާ ހިނގީ ދިވެހި ރަހުމަތްތެރިއަކު ދިން ދައުވަތަކަށް ސަފާރީއަށް ގޮސް ހުއްޓަ އެވެ. ސަފާރީއަށް ދިޔައިރު އެ ރަހުމަތްތެރިއާ ނެތް ކަމަށާއި ތިބީ ހުސް ފިރިހެނުން ކަމަށް އޭނާ ބުންޏެވެ. އަދި އެތަނުގައި އޭނާ އާއި ސަފާރީގައި ތިބި މީހުން ބަނގުރާ ބުއި ކަމަށް ވެސް އޭނާ ބުންޏެވެ.

އޭގެ އިތުރުން ބަޔަކު އޭނާގެ ޖިންސީ ގުނަވަންތަކުގައި އަތްލި ކަމަށާއި، އެހެންވެ، އޭނާ ސަފާރީގައި ހުރެފައި މޫދަށް ފުންމާލީ ކަމަށް އެ އަންހެން މީހާ ބުނެފައި ވެއެވެ.

އެ މައްސަލަ ތަހުގީގުކޮށް ފުލުހުން ދައުވާކުރަން ފޮނުވީ ތިން މީހެއްގެ މައްޗަށެވެ. އޭގެ ތެރޭގައި މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދުގެ ފިރިކަލުން ލ. ގަމު ތުނޑި، ނޫރަންގޭ އަބްދުﷲ ޝާން ހިމެނެ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ތިން ދައުވާއެއް އުފުލި އިރު ދެން ތިބި ދެ މީހުންނާ ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ނެތުމުން ދައުވާއެއް ނުކުރެ އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް