
އަފްގާނިސްތާނު އަތުން ރޭ ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. ރާއްޖެ ބަލިވުމުން ތިން ޕޮއިންޓާ އެކު ލިބުނީ ލީގު ބުރުގެ ދެ ވަނަ އެވެ.
ތިން މެޗުވެސް ކާމިޔާބުކޮށް އެއް ވަނަ އަފްގާނިސްތާނުން ހޯދުމުން އެ ޓީމު ސެމީ ފައިނަލުގައި ނިކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ. ރާއްޖެ ކުޅޭނީ މެލޭޝިޔާއާ ދެކޮޅަށެވެ. މެލޭޝިޔާ އަތުން ލީގު ބުރުގައި ރާއްޖެ ބަލިވިއެވެ.
ރޭގެ މެޗުތަކުގެ ސެޓުތައް އަފްގާނިސްތާނުން ގެންދިޔައީ 24-26، 21-25 އަދި 22-25 އިންނެވެ.
ފޯ ނޭޝަންސް ކަޕްގައި މިއަދު މެންދުރު 14:30 ގައި ކުޅޭ ފިރިހެން ބައިގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވާދަކުރާނީ އަފްގާނިސްތާނާއި ސިންގަޕޫރެވެ. ހަވީރު 16:30 ގައި ކުޅޭ އަންހެން ސެމީ ފައިނަލް މެޗުގައި ވާދަކުރާނީ ރާއްޖެ އާއި މެލޭޝިއާ އެވެ. އަދި ރޭގަނޑު ކުޅޭ ފިރިހެން ސެމީ ފައިނަލް ދެ ވަނަ މެޗުގައިވެސް ރާއްޖެ ނިކުންނާނީ މެލޭޝިއާ އާ ދެކޮޅަށެވެ.