ads
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް---ފޮޓޯ: ސީއެންއެމް
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެޕްރީލް 15ގައި
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އަންނަ އެޕްރީލް މަހުގެ 15 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމީ ގުރައިދޫ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި މެންބަރު އިބްރާހިމް ރިޒާ ކެންސަރުބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަވަހާރަވުމާއި ގުޅިގެންނެވެ. 

އިލެކްޝަން ކޮމިޝަނުން ބުނީ، ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން އެޕްރީލް މަހުގެ 15 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެ ކޮމިޝަނުން އިތުރަށް ބުނީ، ބައި އިލެކްޝަންގައި ބައިވެރިވުމަށް އެދި ހުށަހަޅާ ކެނޑިޑޭޓުންގެ ފޯމު މިއަދުން ފެށިގެން ދެ ހަފްތާގެ ނިޔަލަށް ބަލައިގަންނަމުންދާނެ ކަމަށެވެ.

ކެންސަރު ބަލީގައި އާލާސްކަންފުޅާ އުޅުއްވުވަނިކޮށް މެލޭޝިއާގައި ރިޒާ އަވަހާރަވުމާއެކު ގިނަ ބަޔަކަށް ވަނީ ފުން ހިތާމައެއް ކުރިމަތިވެފައެވެ. ހާއްސަކޮށް ދާއިރާގެ ރައްޔިތުންނަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރި އިރު ގިނަ ބަޔަކު ވަނީ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ.

ރިޒާއަކީ އިދިކޮޅު ޕީޕީއެމަަށް ނިސްބަތްވެވަޑައިގަންނަވާ އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ މެންބަރެކެވެ. ރިޒާއަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރެއިން ޖުޑީޝަރީ ކޮމިޓީއާއި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެންބަރެކެވެ. 

އިބްރާހީމް ރިޒާއަކީ 2014 ވަނަ އަހަރުން ފެށިގެން ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރެވެ. ރިޒާއަކީ ޤާނޫނީ ވަކީލެއްވެސް މެއެވެ. 

ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުގެ ގޮތުގައި ހުންނެވީ ރިޒާއެވެ. އޭނާ އެ މަގާމުން ވަކިކުރީ ވެރިކަން ބަދަލުވުމަށްފަހު 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގައެވެ.

ޖޭއެސްސީގައި އޭނާ ނައިބު ރައީސްކަން ކުރައްވާފައި ވާއިރު މަޖިލީހުގެ އެކި ކޮމިޓީތަކުގައި ވެސް މަސައްކަރްކުރައްވާފައިވެ އެވެ. ރިޒާ އަވަހާރަވީ މިމަހުގެ 23 ވަނަ ދުވަހު މެލޭޝިއާގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް