ads
ހިތް އަދު ރޮނީ ލަވައިގެ މަންޒަރެއްގައި އަޝްފާ އަދި އިއްސެ…ފޮޓޯ/ޑާކްރެއިން
"ބީވީމާ"ގެ "ހިތް އަދު ރޮނީ" ލަވަ ޔޫޓިއުބަށް
ޑާކްރެއިން އެންޓަޓެއިންމަންޓުން މިއަހަރު ރިލީޒްކުރި ފުރަތަމަ ފިލްމު "ބީވީމާ" ގައި ހިމެނޭ ހިތްގައިމު ލަވަ "ހިތް އަދު ރޮނީ" ޔޫޓިއުބަށް ދޫކޮށްލައިފިއެވެ.

އެ ލަވަ އަކީ ފިލްމު ނިމެންދާއިރު ފިލްމުގެ ލީޑު ދެ ތަރިން ކަމަށްވާ މަރިޔަމް އަޝްފާ އާއި އިސްމާއިލް ރަޝީދުގެ މަޑުމައިތިރި މަންޒަރުތަކެއް ދައްކުވައިދޭ ލަަވަ އެކެވެ.

އަޝްފާގެ އިތުރުން ޝަލަބީ އިބްރާހީމް ކިޔާފާއިވާ އެ ލަވަ ޔޫޓިއުބްގައި އާންމުކޮށްފައިވަނީ ފިލްމުގައި ދައްކާ ގޮތަށް މަންޒަރަކަށް ބަދަލެއް ނުގެނެހެވެ.

ޔޫސުފް މުހައްމަދު ފުޅު ލިރިކްސް ހަދާ ހުސެއިން ތައުފީގު މިއުޒިކް ތައްޔާރުކޮށްފައިވާ އެ ލަވަ ޔޫޓިއުބްގެ އިތުރުން ޑާކްރެއިން އެންޓަޓެއިންމަންޓުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ވެސް ވަނީ އާންމުކޮށްފައެވެ.

މަޝްހޫރު ސްކްރީން ރައިޓަރު އަހުމަދު ޒަރީރުގެ އަލަތު ޑައިރެކްޝަން "ބީވީމާ" ގައި މައިގަނޑު ތަރިންގެ ގޮތުގައި ފެންނަނީ ހަތަރު ތަރިންނެވެ. އެއީ އަޝްފާ، ކޮޕީ އިއްސެ، އާޝާ އަދި ޒިދާން އެވެ.

މި މަހުގެ ހަވަނަ ދުވަހު ރިލީޒްކުރި އެ ފިލްމުގެ ކާމިޔާބު ޝޯތަކެއް އޮލިމްޕަހުގައި ވަނީ ދައްކާފައެވެ. ފިލްމު ބެލި ގިނަ މީހުން ވަނީ ފިލްމަށް ތައުރީފުކޮށް މައިގަނޑުތަރިންގެ އެކްޓިންގެ މޮޅު ވާހަކަ ދައްކާފައެވެ.

ތަމަޅަ ފިލްމު "96" އިން އިންސްޕަޔާ ވެގެން ހަދާފައިވާ "ބީވީމާ" ގެ ވަދާއީ ޝޯތައް އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދޭއް، ތިނެއް އަދި ހަތަރު ވަނަ ދުވަހުއެވެ. އެ ޝޯތަކުގެ ޓިކެޓު މިހާރު އަންނަނީ ވިއްކަމުންނެވެ.

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް