ads
ނިމިދިޔަ އަހަރުގެ ސަވާދީއްތަ ދަތުރު: މި އަހަރުގެ ސަވާދީއްތަ ދަތުރުގައި 10 ޔޮޓަށްވުރެ ގިނަ ޔޮޓް ބައިވެރިވާނެ - ފޮޓޯ:ސަވާދީއްތަ ދަތުރު
ސަވާދީއްތަ ދަތުރުގެ ޔޮޓްތައް ލަންދޫގައި ބަނދަރު ކުރަނީ
ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ބޭރުގެ ޔޮޓްތައް ނ. ލަންދޫގައި ބަނދަރު ކުރަން ފަށާފައިވާ ކަމަށް މި ހަރަކާތް އިންތިޒާމު ކުރާ އެމްއައިޓީޑީސީން ބުނެފިއެވެ.
Advertisement

ސަވާދީއްތަ ދަތުރަކީ ރާއްޖޭގެ ތާރީހާއި ސަގާފަތާއި ދިވެހިންގެ އާންމު ދިރިއުޅުން ދުނިޔެއަށް ދައްކުވައިދީ ކޮމިއުނިޓީ ޓޫރިޒަމް ކުރިއެރުވުމުގެ ބޭނުމުގައި އެމްއައިޓީޑީސީން ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ ބައިނަލްއަގްވާމީ ޔޮޓް ރެލީއެކެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެމުން އެމްއައިޓީޑީސީން ބުނެފައިވަނީ މި އަހަރުގެ ސަވާދީއްތަ ދަތުރުގައި 10 ޔޮޓަށްވުރެ ގިނަ ޔޮޓް ބައިވެރިވާނެ ކަމަށާއި އޭގެތެރެއިން ބައެއް ޔޮޓްތައް ރާއްޖެއަށް އައިސް ބަނދަރުކޮށްފައިވާ ކަމަށެވެ.

މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރެލީގައި ބައިވެރިވާ ހުރިހާ ޔޮޓްތަކެއް އަންނާނެ ކަމަށް އެމްއައިޓީޑީސީން ބުނެއެވެ.

your imageނިމިދިޔަ އަހަރުގެ ސަވާދީއްތަ ދަތުރު: މި އަހަރުގެ ދަތުރު ކުރިއަށް ދާނީ މި ފެށޭ މާޗް މަހުގެ އެއްވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހާ ހަމައަށް - ފޮޓޯ:ސަވާދީއްތަ ދަތުރު

ނިމިދިޔަ އަހަރު ބޭއްވި ޔޮޓް ރެލީގެ ފުރަތަމަ އެޑިޝަންގެ ދަތުރުތައް ފަށާފައިވަނީ ހއ. އުލިގަމުންނެވެ. އެ ދަތުރުގައި އުތުރުގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅެމުންދާ ނުވަ ރަށަކަށާއި ދެ ފަޅުރަށަށް ދަތުރުގެ ބައިވެރިން ޒިޔާރަތްކޮށްފައިވެއެވެ. ރާއްޖޭން ބޭރުގެ ހަތް ޔޮޓަކުން 23 ފަތުރުވެރިން ބައިވެރިވި އެ ދަތުރުތައް ނިންމާފައިވަނީ ލަންދޫއަށެވެ. މި އަހަރުގެ ސަވާދީއްތަ ދަތުރު ކުރިއަށް ދާނީ މި ފެށޭ މާޗް މަހުގެ އެއްވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހާ ހަމައަށެވެ. ސަވާދީއްތަ ދަތުރުގެ ދެވަަނަ އެޑިޝަންގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ލަންދޫއިންނެވެ.

ޔޮޓް ރެލީގެ ދަތުރުގައި ދިއުމަށް ހަމަޖެހިފައިވަނީ ބ. ގޮއިދޫ، ޅ. ހިންނަވަރު، އއ. ތޮއްޑޫ، އއ. ރަސްދޫ، އއ. އުކުޅަސް، އދ. ދަނގެތި، އދ. ދިގުރަށުގެ އިތުރުން އދ. މާމިގިއްޔަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް