
ސިންގަޕޫރު ކުޅުންތެރިއެއް
ފޯ ނޭޝަންސް ކަޕް: އަފްގާނު ކަޓުވާލާ ސިންގަޕޫރު ފައިނަލަށް
ސްޕޯޓްސް ޓީމް
26 ފެބްރުއަރީ 2023 - 17:41:10
ފޯ ނޭޝަން އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ލީގު ބުރުގެ އެއްވަނަ ހޯދި އަފްޣާނިސްތާން ކަޓުވާލުމަށް ފަހު ފައިނަލުގެ ފުރަތަމަ ޖާގަ ސިންގަޕޫރުން ހޯދައިފިއެވެ.
ފައިނަލުގެ ފުރަތަމަ ޖާގަ ސިންގަޕޫރުން ހޯދިއިރު، ސިންގަޕޫރަކީ ލީގު ބުރުގައި ކުޅުނު ތިން މެޗުން ވެސް ބަލިވި ޓީމެކެވެ.
އަނެއްކޮޅުން، އަފްގާނިސްތާނަކީ ލީގު ބުރުގައި ކުޅުނު ތިން މެޗުންވެސް މޮޅުވި ޓީމެކެވެ.
ސިންގަޕޫރުން، މިއަދު އަފްޣާނިސްތާނާ ދެކޮޅަށް ކާމިޔާބު ހޯދީ ސީދާ ތިން ސެޓުންނެވެ. ސިންގަޕޫރުން ސެޓްތައް ގެންދިޔައީ 25-18، 25-22، 25-22 ންނެވެ.
ފައިނަލުގެ އެއް ކޮޅުން ސިންގަޕޫރު ފުރުސަތު ހޯދާފައިވާއިރު، ފައިނަލުގައި ސިންގަޕޫރު ނުކުންނާނީ މިރޭ ރާއްޖެއާ މެލޭޝީޔާ ކުޅޭ މެޗުން މޮޅުވާ ބަޔަކާ ދެކޮޅަށެވެ.
ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި މެލޭޝިއާ އަތުން ވަނީ ބަލިވެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް