
އަންހެން ޓީމުގެ ކުޅުންތެރިއެއް
ފޯ ނޭޝަންސް ކަޕް: މެލޭޝިޔާ ކަޓުވާލައި ދިވެހި އަންހެން ޓީމު ފައިނަލަށް
ސްޕޯޓްސް ޓީމް
26 ފެބްރުއަރީ 2023 - 20:17:49
ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ ފައިނަލުން ދިވެހި އަންހެން ވޮލީ ޓީމު ޖާގަ ހޯދައިފި އެވެ.
މާލޭގައި މިހާރު ކުރިއަށްދާ ފޯ ނޭޝަންސް ކަޕުގެ އަންހެން ބައިގެ ފައިނަލަށް ދިވެހި ޓީމު ދިޔައީ، މިއަދު މެލޭޝިޔާ ކަޓުވާލުމަށް ފަހުއެވެ.
ފައިނަލުގައި މާދަމާ ހަވީރު ރާއްޖެ ބައްދަލުކުރާނީ ސިންގަޕޫރާ ދެކޮޅަށެވެ. މެޗު ފަށާނީ ހަވީރު 16:30 ގަ އެވެ.
ދިވެހި އަންހެން ޓީމު ފައިނަލަށް ދިޔައީ ތިން ސެޓު ދެ ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ސެޓުތައް ދިޔައީ 25-23, 17-25, 25-23, 21-25 އަދި 15-09 އިންނެވެ.
މިއީ ރާއްޖޭގެ އަންހެން ޓީމުން ބައިނަލްއަގުވާމީ މުބާރާތެއްގެ ފައިނަލުގައި ކުޅޭނެ ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2019 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތުން ވަނީ ފައިނަލުގައި ކުޅެ ރިހި މެޑަލް ހޯދައިފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް