ads
ރާއްޖޭގެ ކްރިކެޓް ކުޅުންތެރިން
ބަހްރޭން އަތުން ދިވެހި ކްރިކެޓް ޓީމު ބަލިވެއްޖެ
އޭސީސީ ޗެލެންޖާސް ކްރިކެޓް މުބާރާތުގައި ދިވެހި ކްރިކެޓް ޓީމު ބަހްރޭން އަތުން ބަލިވެއްޖެއެވެ.

ތައިލެންޑްގައި ކުރިއަށްދާ މި މުބާރާތުގައި ދިވެހި ޓީމު ބަހްރޭން އަތުން ބަލިވީ 292 ލަނޑުން ނެވެ. މި މުބާރާތުގައި ރާއްޖެ ހިމެނެނީ ބޫޓާނާއި އިރާން އަދި ބަހްރޭނާ އެއް ގްރޫޕެއްގަ އެވެ. ރާއްޖެ ވަނީ ފުރަތަމަ މެޗުގައި އިރާން އަތުން 27 ލަނޑުން މޮޅުވެފަ އެވެ.

މި މެޗުގެ ޓޮސް ދިމާވުމުން ރާއްޖޭން ނިންމީ ހޮވުމަށެވެ. ބަހުރޭނުން ވަނީ ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި 380 ލަނޑު ހަދައިފަ އެވެ. ޖަވާބުގައި ރާއްޖޭން ކުޅެން އަރައި 31.3 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވިއިރު، ހެދުނީ އެންމެ 88 ލަނޑެވެ.

ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު މުހައްމަދު މަހުފޫޒް ވަނީ 41 ބޯޅައިން 35 ލަނޑު ހަދައިފަ އެވެ. ކެޕްޓަން، އާދަމް ނާސިފް އުމަރު (އާދަޅޭ) އަށް އެއްކުރެވުނީ 12 ލަނޑެވެ.

ރާއްޖެ ދެން މި މުބާރާތުގައި ކުޅޭނީ ބޫޓާނާއެވެ. ބޫޓާން ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. ފުރަތަމަ މެޗުގައި ބަހްރޭން އަތުން ހަތް ވިކެޓުން ބަލިވިއިރު، ދެ ވަނަ މެޗުގައި މިއަދު އިރާން އަތުން ބަލިވީ 50 ލަނޑުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް