ads
ބ. ކަމަދޫގައި އެމްޑަބްލިއުއެސްސީން ދަނީ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރަމުން - ފޮޓޯ:އެމްޑަބްލިއުއެސްސީ
ތިން މަސް ދުވަހުން ފެނާއި ނަރުދަމާގެ ހުރިހާ މަޝްރޫއެއް އެމްޑަބްލިއުއެސްސީން ނިންމަނީ
އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްފައިވާ ފެނާއި ނަރުދަމާގެ ހުރިހާ މަޝްރޫއުތަކެއްގެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.
Advertisement

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ޝާހު ވިދާޅުވެފައިވަނީ ޕީއެސްއައިޕީ 20 ރަށުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މުޅިން ނިންމާ ހަވާލުކުރުމަށް އުންމީދު ކުރައްވާ ކަަމަށެވެ. އެ ކުންފުންޏާ ހަވާލުކުރެވިގެން ކުރިއަށްދާ ހުރިހާ މަޝްރޫއުތަކެއްގެ މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި ފަސް ރަށުގެ މަސައްކަތް މުޅިން ނިމި ހިދުމަތް ދޭން ފަށާފައިވާ ކަމަށް ޝާހު ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ރައްކާތެރި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ސަރުކާރުން ފެށި މަސައްކަތުގެ ދަށުން 20 މަޝްރޫއެއްގެ މަސައްކަތް ކުރުމަށް އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. 

އެ މަޝްރޫއުތަކުގެ އިތުރުން އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ދަށުން ހަަތަރު ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.

your imageނ. ފޮޮއްދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ދަނީ ކުރަމުން - ފޮޓޯ:އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީގެ މަޝްރޫއުތައް ހިނގަމުންދާ 20 ރަށުގެ ތެރެއިން 15 ރަށުގައި ކުރަމުންދަނީ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތެވެ. ފަސް ރަށުގައި ކުރަނީ ނަރުދަމާ އެޅުމުގެ މަސައްކަތެވެ.

މި މަޝްރޫއުތަކުގެ އިތުރުން ޅ. ނައިފަރާއި ތ. ވޭމަންޑޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައިވަނިކޮށް، އެމްޑަބްލިއުއެސްސީން އެ ދެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމާފައިވާ ކަމަށް ޝާހު ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް