
ދިރާގުން ބުނީ މި އަޕްގްރޭޑާ އެކު ދިރާގު ޕޯސްޓްޕެއިޑް ޕެކޭޖުތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންގެ އެންމެހާ ބްރައުޒިން، ސްޓްރީމިން އަދި ސޯޝަލް މީޑިއާގެ ބޭނުންތަކަށް އިތުރު ޑޭޓާ ލިބިގެންދާނެ ކަަމަށެެވެ.
ޕޯސްޓްޕެއިޑް 550 - ކަސްޓަމަރުންނަށް ޖުމްލަ 20ޖީބީ ޑޭޓާ، ހިލޭ އެސްއެމްއެސް އާއެކު ދިރާގުގެ ހުރިހާ ނަމްބަރަކަށް ހިލޭ ކޯލް އަދި އެހެނިހެން ލޯކަލް ނަންބަރުތަކަށް 1200 ހިލޭ ވޮއިސް މިނިޓް ލިބޭނެ (ކުރިން މި ޕެކޭޖުގައި ހިމެނެނީ 10ޖީބީ ޓޯޓަލް ޑޭޓާ އަދި 300 ހިލޭ ވޮއިސް މިނިޓް)
ޕޯސްޓްޕެއިޑް 750 - ކަސްޓަމަރުންނަށް ޖުމްލަ 30ޖީބީ ޑޭޓާ، ހިލޭ އެސްއެމްއެސް އަދި ދިރާގާއި އެހެނިހެން ލޯކަލް ނަމްބަރުތަކަށްވެސް ހިލޭ ގުޅާލެވޭނެ (ކުރިން މި ޕެކޭޖުގައި ހިމެނޭނީ ޖުމްލަ 15ޖީބީ ޑޭޓާ)
ދާދި ފަހުން ދިރާގުން ވަނީ އެ ކުންފުނީގެ ޕޯސްޓްޕެއިޑް 1000 އަދި ޕޯސްޓްޕެއިޑް 1700 ޕްލޭންތައްވެސް އަޕްގްރޭޑްކޮށްފައެވެ. މި ގެނެވުނު ބަދަލާ އެކު މި ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް 'ލިމިޓްލެސް' ސޯޝަލް މީޑިއާ ޑޭޓާ، އެސްއެމްއެސް އަދި ދިރާގާއި އެހެނިހެން ލޯކަލް ނަންބަރުތަކަށްވެސް ހިލޭ ގުޅާލެވޭނެއެވެ.
އިތުރު މައުލޫމާތު: http://bit.ly/3lqQGbJ
އަޕްގްރޭޑްކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގުއެޕް https://bit.ly/Dhiraagu-App މެދުވެރިކޮށް ފަސޭހަކަމާ އެކު އަޕްގްރޭޑް ކޮށްލެވޭނެއެވެ.
ޕޯސްޓްޕެއިޑް ޕްލޭންތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް: http://bit.ly/3lqQGbJ
ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމުގައެވެ.