ads
ކްރިމިނަލް ކޯޓް ހިންގަން ހަމަޖެއްސި އިމާރާތް
ކްރިމިނަލް ކޯޓް ހުޅުމާލެއަށް ބަދަލުކުރަނީ
ކްރިމިނަލް ކޯޓް ހިންގުމަށް ހުޅުމާލެއިން ތަނެއް ހަމަޖެހިއްޖެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.

އެ ޑިޕާޓްމަންޓުން ބުނީ ކްރިމިނަލް ކޯޓް ހިންގުމަށް ސަރުކާރުން ހަމަޖައްސާދިނީ ކުރިން ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރި އިމާރާތެއް ކަމަށެވެ. އެހެން ކަމުން އެ އިމާރާތަށް ކޯޓް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ޑީޖޭއޭ އިން ބުނެއެވެ.

މިހާރު ބޭނުން ކުރަމުންދާ ކްރިމިނަލް ކޯޓްގެ އިމާރާތް ބާވެ ބޭނުންކުރުން ރައްކާތެރި ނޫންކަމަށް ފަންނީ މާހިރުންގެ ލަފާ ލިބުމުން ކްރިމިނަލް ކޯޓްގެ އިމާރާތް ބޭނުންކުރުން ހުއްޓާލާލީ މިމަހުގެ 22 ވަނަ ދުވަހު އެވެ.

ޖޭއެސްސީން ބުނީ ކްރިމިނަލް ކޯޓް ހިންގަމުންދާ ހަތަރުބުރީގެ އިމާރާތަކީ ވަރަށް ބޮޑަށް ބާވެ ހަލާކުވެފައިވާތަނަކަށް ވުމުން ކަމާބެހޭ މާހިރުން ލައްވާ އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށެވެ.

އަދި އިންސްޕެކްޝަނަށްފަހު، އެއިމާރާތް އިތުރަށް ބޭނުންކުރުމަކީ އެއްވެސް މިންވަރަކަށް ރައްކާތެރި ކަމެއް ނޫންކަމަށް ކަމާބެހޭ ފަންނީ މާހިރުން ވަނީ އިރުޝާދު ދެއްވާފައިވާ ކަމަށާއި އެހެންކަމުން، ކްރިމިނަލް ކޯޓް ވަގުތީ ގޮތުން އެހެން އިމާރާތަކަށް ބަދަލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ނިމެންދެން ކޯޓު އިމާރާތް ބޭނުން ކުރުން ހުއްޓާލާފައިވާކަމަށް ޖޭއެސްސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް