ads
އެމެރިކާގައި ޓިކްޓޮކަށް ހަރުކަށި ފިޔަވަޅުތަކެއް
ޓިކްޓޮކަށް ނުވަދެވޭ ގޮތަށް ހެދުމަށް ދިނީ 30 ދުވަސް
އެމެރިކާގެ ދައުލަތުގެ އިދާރާތަކުގެ އިލެކްޓްރޯނިކް ޑިވައިސްތަކުން ޓިކްޓޮކަށް ނުވަދެވޭ ގޮތް ހެދުމަށް، ރައީސް ޖޯ ބައިޑަން 30 ދުވަހުގެ މުހުލަތެއް ދެއްވައިފިއެވެ.

ވައިޓް ހައުސްއިން ބުނީ ސަލާމަތީ ސަބަބުތަކަށް ޓަކައި، ދައުލަތުގެ އެއްވެސް އިދާރާއެއްގައި ޓިކްޓޮކަށް ނުވަދެވޭ ގޮތަށް ހެދުމަށް ނިންމި ނިންމުން ތަންފީޒު ކުރުމަށް މިހާރު 30 ދުވަސް ދީފައިވާ ކަމަށެވެ. އަދި 30 ދުވަހުގެ ތެރޭގައި އެކަން ނިންމަން ޖެހޭނެކަމަށްވެސް ވައިޓް ހައުސްއިން ބުނެއެވެ.

އެމެރިކާއާއި ވާދަވެރި ޗައިނާގެ ޓެކްނޮލޮޖީ ފާމް، ޓިކްޓޮކް މެދުވެރިކޮށް ޖާސޫސްކުރުމާއި އެމެރިކާގެ ސަރުކާރުގެ އިދާރާތަކުގެ މައުލޫމާތު ވަގަށްނަގާކަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ. ނަމަވެސް އެތުހުމަތުތައް ޗައިނާއިން ދަނީ ދޮގުކުރަމުންނެވެ.

އެމެރިކާއި ތުހުމަތުކުރާ ގޮތުގައި، ޓިކްޓޮކް އިންސްޓޯލް ކުރާ ޑިވައިސްތަކުގެ މައުލޫމާތާއި އެ ޑިވައިސްއަކުން ކުރާ މުއާމަލާތްތައް ޗައިނާގެ ޖާސޫސީ އިދާރާތަކަށް ބެލެއެވެ. އަދި ޓިކްޓޮކް މެދުވެރިކޮށް ޗައިނާއިން އެމެރިކަގެ ހައްސާސީ މައުލޫމާތު ވަގަށް ނަގާކަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ.

ސަރުކާރުގެ ހުރިހާ އިދާރާއެއްގައިވެސް ޓިކްޓޮކް ބޭނުން ނުކުރެވޭގޮތަށް ހެދުމަށް ވައިޓްހައުސް އިން އެންގިއިރު، މިހާރުވެސް ޑިފެންސް މިނިސްޓްރީއާއި ހޯމް ލޭންޑް ސެކިއުރިޓީގެ ޑިވައިސްތަކުން ޓިކްޓޮކަށް ނުވަދެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް