ads
އަމީނީ މަގުގައި ތާރު އަޅާފައިވާ ހިސާބު މި ހަފުތާގެ ތެރޭގައި ހުޅުވާލާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައި - ފޮޓޯ:އެމްޓީސީސީ
އަމީނީ މަގުގައި ތާރު އަޅާފައިވާ ހިސާބު މި ހަފުތާގައި ހުޅުވާލަނީ
އަމީނީ މަގުގައި ތާރު އަޅާފައިވާ ހިސާބު މި ހަފުތާގައި ހުޅުވާލާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިހާރު ކުރަމުންދަނީ ތާރު އަޅާފައި އޮތް މަގުގެ ކައިރި ފަށް ހަދައި ޓްރެފިކް ނިޝާންތައް ކުރެހުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތްތައް މި ހަފުތާގެ ތެރޭގައި ނިންމުމަށް ފަހު، އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް މަގު ހުޅުވާލާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ތާރު އަޅާފައިވަނީ އަމީނީ މަގު ފެށިގެން ސްޓެލްކޯ އާ ހަމައަށެވެ. އެހެންނަމަވެސް، މިހާރު މަސައްކަތް ކުރަމުން ދަނީ ރޯދަ މަސް ފެށުމުގެ ކުރިން އިމާދުއްދީން ސްކޫލާ ހަމައަށް ތާރު އެޅުމަށެވެ.

އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކުރެވުނީ އާރުޑީސީ އެވެ. އެ ކުންފުނިން ވަނީ ތާރުއެޅުމުގެ މަސައްކަތް ސަބްކޮންޓްރެކްޓް އުސޫލުން އެމްޓީސީސީ އާ ހަވާލުކޮށްފައެވެ.

މީގެ ދެ ހަފްތާއެއްހާ ދުވަހުގެ ކުރިން ސްޓެލްކޯ އާ ހަމައަށް ތާރު އަޅާ ނިންމި ނަމަވެސް، މަގު ހުޅުވާ ނުލާ އޮތުމުންނާއި މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން މަގު ހެދުމަށް، މަގުން ބައެއް ބަންދުކޮށްފައިވުމާ އެކު ގިނަ ބައެއްގެ ޝަކުވާއަކަށް އެކަން ވަނީ ވެފައެވެ.

ދިހަ މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 84.4 މިލިއަން ރުފިޔާއަށް އަމީނީމަގުގެ މަސައްކަތް އާރުޑީސީ އާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ ތިން ވަނަ ދުވަހުއެވެ. 

އެހެން ނަމަވެސް އެ މަސައްކަތް ލަސްވަމުން ދިއުމާ އެކު، އެ މުއްދަތުގެ ތެރޭގައި މަސައްކަތް ނުނިމޭނެ ކަަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިފަހުން ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައިވެއެވެ. މަސައްކަތް މިހާރު ނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ލަފާކުރަނީ މި އަންނަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް