ads
ވެލާނާ ކައިރީން ދަރުމަވަންތަ ސްކޫލު ކައިރީ އޮންނަ ޕާކިން ޒޯން ސަތަރި ޖަހައި ބަންދުކޮށްފައި——ފޮޓޯ: ސީއެންއެމް
ވެލާނާގޭ ކައިރި ޕާކިން ޒޯން ބަންދުކުރީ ޕްލޭނިން މިނިސްޓްރީން އެދިގެން: ފުލުހުން
ވެލާނާގެއާއި އިންވެގެން އޮންނަ ސައިކަލް ޕާކިން ޒޯން ބަންދުކުރީ ޕްލޭނިން މިނިސްޓްރީން އެދިގެން ކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

ވެލާނާގޭ ކައިރީން، ދަރުމަވަންތަ ސްކޫލާ ދިމާލަށް އޮންނަ ޕާކިން ޒޯނުގައި ސަތަރި ޖަހާ މިހާރު އޮތީ ބަންދުކޮށްފަ އެވެ. އެތަން ބަންދުކޮށްފައިވަނީ ސިޓީ ކައުންސިލުން ކަމަށް ބުނެ ބައެއް މީހުން މާލޭ ސިޓީ ކައުންސިލަށް ފާޑުކިޔާތީ، އެ ކައުންސިލުގެ މޭޔަރު ޑޮޮކްޓަރު މުއިއްޒު މިއަދު ވިދާޅުުވީ، ވެލާނާގެ ކައިރީ އޮންނަ ޕާކިން ޒޯން ބަންދުކޮށް އެތަނުގައި ހުރި ސައިކަލުތައް ޓޯކޮށްފައިވަނީ ކައުންސިލުގެ އެންގުމަކަށް ނޫންކަމަށެވެ. އަދި އެތަން ބަންދުކޮށްގެން މަސައްކަތް ކުރަމުންދަނީ އެ ކައުންސިލަށް އެގުމަކާއި ނުލާ، އެކައުންސިލުގެ ހުއްދަ ނެގުމެއްވެސް ނެތި ކަމަށް ވިދާޅުވި އެވެ. 

"މި މަސައްކަތަކީ ކައުންސިލުން ކުރިއަށް ގެންދާ މަސައްކަތެއް ކަަމަށް ފަތުރަނީ ދޮގު ވާހަކައެއް. އެއީ ކައުންސިލުގެ ހުއްދަނެތި، އަދި އެންގުމަކާއި ނުލާ ކުރާ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

މި ކަންބޮޑުވުންތަކާއި ގުޅިގެން ފުލުހުން ބުނީ، އެ ޕާކިން ޒޯން ބަންދުކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީގެ އެދުމުގެ މަތިން އެމިނިސްޓްރީގެ ބޭނުމަށް ކަމަށެވެ.

ޕާކިން ޒޯން ބަންދުކޮށްގެން އެތަނުގައި ކުރަމުންދާ މަސަައްކަތާއި ގުޅޭ ތަފްސީލު ހޯދާލުމަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އަށް ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބު ނުދެއްވާތީ އެތަނުގައި ކުރާ މަސައްކަތާއި ބެހޭ މައުލޫމާތެއް ސާފުވާގޮތެއް ނުވި އެވެ. 

ސަރުކާރުގެ ރަސްމީ ދުވަހެއްގައި އެތަން ބަންދުކޮށްފައި އޮތުމުން، ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގޭގައި މަސައްކަތްކުރާ އެކި އޮފީސްތަކުގެ މުވައްޒަފުންނަށް ދަތިވާކަމުގެ ކަންބޮޑުވުންތައް މިއަދު ވަނީ ފާޅުކޮށްފަ އެވެ. އެގޮތުން އެ ސަރަހައްދުގައި މުވައްޒަފުންތަކެއް ކުރު އިހުތިޖާޖެއް މިއަދު ކޮށްފައި ވެއެވެ. ޝުއޫރު ބޯޑުތަކާއިއެކު ކުރި މި އިހުތިޖާޖުގައި މުވައްޒަފުން ވަނީ އެތަން ބަންދުކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފަ އެެވެ.

އެ ސަރަހައްދުން މިއަދު "ސީއެންއެމް" އާއި ވާހަކަދެއްކި މުވައްޒަފަކު ބުނީ، ޕާކިން ޒޯން ބަންދުކުރުމުގެ ކުރިން ނޯޓިސް އެއް ދީ އެކަން އަންގާލުން ރަނގަޅު ކަމަށް ގަބޫލުކުރާ ކަމަށާއި، ނޯޓިސް އަކާއި ނުލާ ރަސްމީ ދުވަހެއްގައި ޕާކިން ބަންދުކޮށްލުމުން ވަރަށް ދަތިވާނެ ކަމަށެވެ.

ވެލާނާ ބިލްޑިންގް ހުންނަ އަމީރު އަހުމަދު މަގުން، އެ ބިލްޑިންގްގެ ކުރިމަތީގައި ވެހިކަލް ޕާކުކުރުމަކީ މަނާކަމެކެވެ.

އެ ސަރަހައްދުގައި ޕާކް ކޮށްފައި ހުރި ސައިކަލުތަކެއްގައި މި މަހުގެ 12 ވަނަ ދުވަހުގެ ރަސްމީ ގަޑީގައި ފުލުހުން ނުކުމެ ވަނީ ހުރިހާ ސައިކަލެއްގައި ސްޓިކާ ޖަހައިފަ އެވެ. އެ ފަހުން އެ ސަރަހައްދުގައި ޕާކް ކުރުން ވަނީ ހުއްޓާލާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް