
ހޯމަ ދުވަހު ހަވީރު ބަންޑާރަ ކަޕް ފެށިއިރު، ހޯމަ ދުވަހު ހަވީރާ ރޭގަނޑާއެކު އަށް މެޗުވަނީ ކުޅެފައެވެ. މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ޑްރަގް ކޯޓު އަތުން ހައިކޯޓުވަނީ ބަލިވެފައެވެ. އަދި ހަމަ އެ ގްރޫޕުން ސީޓީއެލް އެންޑް ފްރެންޑްސްވަނީ ޓީމް ކްލެޕް އަތުން ބަލިވެފައެވެ.
އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުތަކުގެ ތެރޭން ސިވިލް ކޯޓާ ސުޕްރީމް ކޯޓު ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވީއިރު، ހައިކޯޓުވަނީ ތޭވަންނަ އަތުން އެއް ލަނޑުން މޮޅުވެފައެވެ.
ރޭ ކުޅުނު މެޗުތަކުގެ ތެރެއިން އެފްސީ ޖޫރިސްޓްސްވަނީ ޕޮލިސް ލޯޔަރުން އަތުން މޮޅުވެފައެވެ. އަދި ޕީޖީ އޮފީސްވަނީ ކްރިމިނަލް ކޯޓު އަތުންވެސް މޮޅުވެފައެވެ. މިއީ ފިރިހެން ޑިވިޝަންގެ ދެ މެޗެވެ.
ރޭ ކުޅުނު އަންހެން މެޗުތަކުގެ ތެރެއިން އެންމެ ފަހުގެ ޗެމްޕިއަން ކްރިމިނަލް ކޯޓުވަނީ ބަންޑާރަ ކްލަބު އަތުން ބަލިވެފައެވެ. އަދި މަޖިލިސް އަންހެން ޓީމުވަނީ ބާ ކައުންސިލް އަތުން ބަލިވެފައެވެ.
މުބާރާތް ކުރިއަށްދާނީ ހޯމަ ފެށިގެން މާރިޗު މަހުގެ ހަތްވަނަ ދުވަހާ ހަމައަށް ހެންވޭރު ދަނޑުގައެވެ. މި ފަހަރުގެ މުބާރާތުގައި ޖުމްލަ 28 ޓީމުން ވާދަކުރެއެވެ. އެއީ ފިރިހެން 16 ޓީމާ އަންހެން 12 ޓީމެވެ. މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަނުންނަކީ ފިރިހެން ޑިވިޝަނުން ޖޭއެސްސީ އަދި އަންހެން ޑިވިޝަނުން ކްރިމިނަލް ކޯޓެވެ.