ads
މިއަހަރުގެ ކުރީކޮޅުގައި އޫކްލާއިން ވަނީ 2022 ވަނަ އަހަރުގެ ސްޕީޑްޓެސްޓް އެވޯޑްސްއިން ރާއްޖޭގެ އެންމެ ހަލުވި ނެޓްވޯކުގެ އެވޯޑް ދިރާގަށް ލިބިފައިވާކަން އިއުލާންކޮށްފައި - ފޮޓޯ:ދިރާގު
'ރާއްޖޭގެ އެންމެ ހަލުވި މޯބައިލް ނެޓްވޯކް' އެވޯޑް ދިރާގަށް ހަވާލުކޮށްފި
ދިރާގަށް 'ރާއްޖޭގެ އެންމެ ހަލުވި މޯބައިލް ނެޓްވޯކް' އެވޯޑް އޫކްލާއިން ހަވާލުކޮށްފި އެވެ.

އޫކްލާއިން މި އެވޯޑް ދިރާގަށް ހަވާލުކޮށްފައިވަނީ މިހާރު ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދާ މޯބައިލް ވާލްޑް ކޮންގްރެސް 2023 ގައެވެ. ދިރާގުގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދެވެ. 

މިއަހަރުގެ ކުރީކޮޅުގައި އޫކްލާއިން ވަނީ 2022 ވަނަ އަހަރުގެ ސްޕީޑްޓެސްޓް އެވޯޑްސްއިން ރާއްޖޭގެ އެންމެ ހަލުވި ނެޓްވޯކުގެ އެވޯޑް ދިރާގަށް ލިބިފައިވާކަން އިއުލާންކޮށްފައެވެ. މިއީ ދިރާގަށް މި އެވޯޑް ޖެހިޖެހިގެން ލިބުނު ދެވަނަ ފަހަރެވެ. 

"ދިރާގަށް ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކް އޮޕަރޭޓަރުގެ މަގާމު އޫކްލާއިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންނަށް މި ކާމިޔާބީ ހާސިލުކުރެވުނީ ދިރާގު މުވައްޒަފުންގެ ހިތްވަރާއި ކަސްޓަމަރުންނަށް ރަނގަޅު ފެންވަރުގެ ހިދުމަތް ހޯދައިދިނުމަށް އެފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ ސަބަބުން. އަދި މިދަނޑިވަޅުގައި ކަސްޓަމަރުން އަޅުގަނޑުމެންނަށް ކެނޑިނޭޅި ދެއްވަމުން ގެންދަވާ ތަރުހީބާއި އިތުބާރަށް ޝުކުރު ދަންނަވަން. އަދި ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުމަށްކަން ޔަގީންކޮށް އަރުވަން." ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.   

"އޫކްލާގެ ސްޕީޑްޓެސްޓް އެވޯޑްސްއަކީ ދުނިޔޭގެ އެންމެ ހަލުވި އަދި އެންމެ މަތީ ފެންވަރުގެ ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް އޮޕަރޭޓަރުންނަށް ދޭ ހާއްސަ އެވޯޑަކާއި ލަގަބެއް. މިގޮތުން ދިވެހިރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކުގެ އެވޯޑް ދިރާގާ ހަވާލުކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި އެވޯޑަކީ 2022 ގައި ދިރާގުން ދެއްކި އާދަޔާހިލާފު ޕަފޯމަންސްގެ އަލިގަދަ ހެއްކެއް." އޫކްލާގެ ސީއީއޯ، ޑަގް ސަޓްލްސް ވިދާޅުވިއެވެ.

your imageމިއީ ދިރާގަށް 'ރާއްޖޭގެ އެންމެ ހަލުވި މޯބައިލް ނެޓްވޯކް' ގެ އެވޯޑް ޖެހިޖެހިގެން ލިބުނު ދެވަނަ ފަހަރު - ފޮޓޯ:ދިރާގު

އޫކްލާއަކީ ފިކްސްޑް ބްރޯޑްބޭންޑް އަދި މޯބައިލް ނެޓްވޯކް ޓެސްޓްކުރާ އެކި އެޕްލިކޭޝަން، ޑޭޓާ އަދި އެނަލަސިސް ހެދުމުގައި ދުނިޔޭގެ ފެންވަރުގެ މާހިރުންނެވެ. އެގޮތުން އޫކްލާގެ ފްލެގްޝިޕް ނެޓްވޯކް ޓެސްޓިން ޕްލެޓްފޯމް ކަމަށްވާ ސްޕީޑްޓެސްޓްއިން ދުވާލެއްގެ މައްޗަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ނެޓްވޯކުތަކުގެ ޕާފޯމަންސާއި ކޮލިޓީ އާ ބެހޭ ގޮތުން ގިނަ މައުލޫމާތު އެއްކުރެއެވެ.

ދިރާގަކީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށާއި ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި 100 އިންސައްތަ މޮބައިލް 4ޖީ ކަވަރޭޖް ފޯރުކޮށްދީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ. އެކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކެއްގެ ދިރިއުޅުން ފާގަތިކޮށް، ހަރުދަނާ އަދި ބާރުވެރި ޑިޖިޓަލް މުޖުތަމައެއް ބިނާކުރުމަށް ކަމަށް ދިރާގުން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް