
ދިވެހި ކްރިކެޓް ޓީމުގެ ބައެއް ކުޅުންތެރިން
ފަހު މެޗުން ބަލިވެ ދިވެހި ކްރިކެޓް ޓީމު ފުލަށް
ސްޕޯޓްސް ޓީމް
01 މާރޗް 2023 - 10:32:38
އޭސީސީ ޗެލެންޖާސް ކްރިކެޓް މުބާރާތުގައި ކުޅުނު ފަހު މެޗުން ބަލިވެ، ގްރޫޕުގެ ފުލުގައި ރާއްޖެ މުބާރާތް ނިންމާލައިފި އެވެ.
ތައިލެންޑްގައި މިހާރު ކުރިއަށްދާ އޭސީސީ ޗެލެންޖާސް ކްރިކެޓް މުބާރާތުގައި ރާއްޖެ ކުޅުނު ގްރޫޕްގެ ފަހު މެޗުގައި ބަލިވީ ބޫޓާން އަތުންނެވެ. ބޫޓާން އަތުން ރާއްޖެ ބަލިވީ ހަތަރު ވިކެޓުންނެވެ.
މި ނަތީޖާއާއެކު ރާއްޖެ އަށް ގްރޫޕް ސްޓޭޖުން މުބާރާތް ނިމުނީ ގްރޫޕްގެ ފުލުގައެވެ. މި ގްރޫޕުން އެއް ވަނަ ހޯދީ ކުޅުނު ތިން މެޗުން ވެސް މޮޅުވި ބަހްރޭން އެވެ.
ދެ ވަނައަށް ދިޔައީ ބޫޓާން އެވެ. އެއީ ބޫޓާނާއި އިރާން އަދި ރާއްޖެ ތިން ޓީމު ޕޮއިންޓްގެ ގޮތުން އެއްވަރުވެ، ނެޓް ރަން ރޭޓަށް ބަލާއިރު، ބޫޓާނަށް ކުރި ލިބޭތީ އެވެ. ތިންވަނައަށް އީރާން އަދި ފުލަށް ރާއްޖެއެވެ.
ގްރޫޕުގެ ފުލުގައި މުބާރާތް ނިންމާލިއިރު، ޗެލެންޖާސް ކަޕްގެ މި ފަހަރުގެ މުބާރާތް ރާއްޖޭން ފެށީ އިރާން އަތުން 27 ލަނޑުން މޮޅުވެގެންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް