މި ދެ ފިލްމީ ތަރިންގެ އިތުރުން އިންޑިއާގެ މަހުޖަނު މުކޭޝް އަންބާނީގެ ގެ ވެސް ގޮއްވާލާނެކަމުގެ އިންޒާރު ފޯނުން ގުޅައިގެން މީހަކު ވަނީ ފުލުހުންނަށް ދީފައެވެ.
މި މައްސަލަ މިހާރު ވަނީ ނާގް ޕޫރު ފުލުހުންގެ ފަރާތުން މުންބާއީ ފުލުހުންނާއި ހަވާލުކޮށްފައެވެ.
މި މައްސަލައާއެކު އިންޑިއާގެ މަހުޖަނު މުކޭޝް އަންބާނީގެ އާއިލާއަށް "ޒެޑް ޕުލަސް" ސެކިއުރިޓީއެއް އިންޑިއާ ސަރުކާރުން ވަނީ ސުޕްރީމް ކޯޓުގެ އަމުރަކަށް ދޭން ފަށާފައެވެ. ސެކިއުރިޓީގެ ހަރަދު ބަލަހައްޓަނީ އަންބާނީގެ އާއިލާއިންނެވެ.
އަމީތާބް ބަޗަންގެ ފަސް ބަންގުލޯއެއް މުންބާއީގައި ހުރެއެވެ. ދަރުމެންދުރާ ދިރިއުޅެނީ އޭނާގެ ބަންގުލޯގައެވެ. އޭނާ އަތުގައި އޮންނަނީ އެންމެ ބަނގުލޯއެކެވެ.
މުންބާއީ ފުލުހުން އަންނަނީ ނާގްޕޫރާ ފުލަހަށް ގުޅައިގެން މީހަކު ދިން އިންޒާރަކީ ހަގީގީ އިންޒާރެއްތޯ ބެލުމުގެ މަސައްކަތް ކުރަމުންނެވެ.
މިދިޔަ 2022 ވަނަ އަހަރު ޕަންޖާބުގެ ރެޕް ލަވަކިއުންތެރިއާ މޫސޭ ވާލާ މަރާލުމާއެކު، އިންޑިއާގެ ބޮލީވުޑް ތަރިންނަށް ގޭންގުތަކާއި ހަރުކަށި ފިކުރުގެ މީހުންގެ އިންޒާރުތައް ވަނީ އިތުރުވެފައެވެ.
މިގޮތުން މޫސޭވާލާ މަރައިލި ގުންޑާ ލޮއިރެންސް ބިޝޯނީ ވަނީ ސަލްމާން ހާން މަރައިލުމަށް ވެސް ސުނައިޕަރެއް ފޮނުވާފައެވެ.
އިންޑިއާއިން ވަނީ ސަލްމާން ހާން އަށްވެސް ހައިލެވަލްގެ ސެކިއުރިޓީ ދޭން ފަށާފައެވެ.