ads
ބަނދަރުތަކުގެ އަގަށް ގެނައި ބަދަލަށް އަމަލުކުރުން ވަނީ މަޑުޖައްސާލާފައި - ފޮޓޯ:އެމްޕީއެލް
ޓީ-ޖެޓީ އާއި ނޯތު ހާބަރުގެ އަގަށް ގެނައި ބަދަލަށް އަމަލުކުރުން މަޑުޖައްސާލައިފި
ޓީ-ޖެޓީ އާއި ނޯތު ހާބަރުން ދޭ ހިދުމަތްތަކުގެ އަގަށް ގެނައި ބަދަލާ އެކު، ހިދުމަތްތައް ދިނުމުގައި ލަސްނުވާނެ ފަދަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ ގޮތުން އަގަށް ގެނައި ބަދަލަށް އަމަލުކުރުން މަޑުޖައްސާލުމަށް އެމްޕީއެލުން ނިންމައިފިއެވެ.

އެމްޕީއެލް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޓީ-ޖެޓީގެ ބައެއް ޓެރިފްތަކަށް އިއްޔެއިން ފެށިގެން ބަދަލު ގެނައުމަށް ކުރިން ނިންމާފައިވީ ނަމަވެސް، އެ ބަދަލާ ގުޅިގެން ހިދުމަތްތައް ލަސްނުވާނެ ފަދަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ ގޮތުން، އާ ޓެރިފަށް އަމަލުކުރުން މިއަދުން ފެށިގެން މަޑުޖައްސާލާފައިވާ ކަމަށެވެ.

މިއަދުން ފެށިގެން އެ ބަނދަރުން އަގު ނަގާނީ ކުރިން ވެސް އަގު ނަގަމުން ދިޔަ އުސޫލުން ކަމަށް އެ ކުންފުނިން ބުނެއެވެ. ޓީ-ޖެޓީއަށް ވަންނަ ވެހިކަލްތަކުން ކުރިން ދުވާލަކަށް ނަގަމުން އައީ 10 ރުފިޔާއެވެ. އެހެންނަމަވެސް، އަލަށް ހެދި އުސޫލުގެ ދަށުން އިއްޔެއިން ފެށިގެން ބަނދަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރަކަށް ފަސް ރުފިޔާ ނަގާ ގޮތަށް ނިންމިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް