ads
ރަންބީރު އަދި އާލިއާ
އާލިއާގެ ދަރިފުޅާގުޅޭ ގޮތުން އުފެދުނު ބޮޑު ސުވާލުގެ ޖަވާބު ރަންބީރު ދީފި
ބޮލީވުޑްގެ މަޝްހޫރު ދެ ތަރިންކަމަށްވާ އާލިއާ ބަޓް އަދި ރަންބީރު ކަޕޫރުގެ ދަރިފުޅާގުޅޭގޮތުން ދެމީހުންގެ ފޭނުން އުފައްދަމުން ގެންދާ މުހިންމު ސުވާލަކަށް ރަންބީރު ކަޕޫރު ޖަވާބު ދީފިއެވެ.

ދެމީހުންގެ ދަރިފުޅަށް ތިން މަސްވެފައިވާއިރު، ދަރިފުޅުގެ ފޮޓޯއެއް އަދިވެސް އެމީހުން އާންމެއް ނުކުރެއެވެ. އަދި ޕަޕަރާޒީންނަށް ވެސް ދަރިފުޅުގެ ފޮޓޯއެއް ނެގޭގޮތެއް ނުވެއެވެ. 

މިހެންކަމުން ދަރިފުޅުގެ ސިފައަކީ ކޮބައިކަމެއް އެއްގޮތަކަށް ފޭނުންނަށް ސާފެއް ނުވެއެވެ. މިގޮތުން އާލިއާ އަދި ރަންބީރުގެ ފޭނުންގެ މެދުގައި އުފެދިފައިވާ ބޮޑު ސުވާލަކީ، ދަރުފުޅު ވައްތަރީ ރަންބީރާތޯ؟ ނުވަތަ އާއިލާ އާތޯ؟ އެވެ. 

ކަޕިލްޝަރުމާ ޝޯގައި ރަންބީރު އެންމެފަހުން މިވަނީ ދެމީހުންގެ ތެރެއިން ރަހާކަޕޫރު ވައްތަރީ ކާކާތޯ އުފެދުނު ސުވާލަށް ޖަވާބު ދީފައެވެ. 

"ބައެއްފަހަރު ރަހާ ވައްތަރީ އަހަންނާ. އަނެއްބައި ފަހަރު ރަހާ ވައްތަރީ އާލިއާއާ. އަހަރުމެންވެސް މިތިބެނީ ދަރިފުޅު ވައްތަރުވަނީ ކާކާކަން ނޭގިފަ. އެހެންވިއަސް ޔަގީންވާކަމެއް އެބައޮތް ރަހާގެ ހުރިހާ ރީތިތަނެއް ވައްތަރީ އަހަންނާ" ރަންބީރުކަޕޫރު ބުންޏެވެ.

ރަހާގެ ފޮޓޯއެއް ދައްކާނީ އޭނާއަށް ހަ މަސް ފުރުމުން ކަމަށް އޭނާގެ މަންމަ އާލިއާ ބަޓް ވަނީ ބުނެފައެވެ. ނަމަވެސް އެމީހުން ވަނީ އެމީހުންގެ ދަރިފުޅުގެ ފޮޓޯއެއް ނޫސްވެރިންނަށް ދައްކާލާފައެވެ. އެ ބައްދަލުވުމުގައިވެސް އެ ފޮޓޯއިން ފޮޓޯއެއް ނަގަންވެސް ދެމަފިރިން ވަނީ ދެކޮޅު ހަދާފައެވެ. 

57%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
21%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް