ads
މާލެ ވިޔަފާރި ބަނދަރު: ބަލްކް ޓާމިނަލް ތަރައްގީވެގެން ދިއުމުން ރާއްޖެއަށް އެތެރެކުރެވޭ ހިލަ، ހިލަވެލި އަދި ދަގަނޑު ފަދަ ތަކެތި ކްލިއަ ކުރުމަށް ޖާގަ ލިބި އެތަކެތި ރައްކާކުރެވޭނެ ޖާގަ ފަހިވެގެންދާނެ - ފޮޓޯ:އެމްޕީއެލް
އެމްޕީއެލުން ތިލަފުށީގައި ބަލްކް ޓާމިނަލެއް ތަރައްގީކުރަނީ
މާލެ ވިޔަފާރި ބަނދަރަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އެމްޕީއެލުން ތިލަފުށީގައި ބަލްކް ޓާމިނަލެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
Advertisement

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްޕީއެލް ސީއީއޯ ޝާހިދު އަލީ ވިދާޅުވެފައިވަނީ މުދާ ކްލިއަ ކުރުމުގެ މަސައްކަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށެވެ. އެމްޕީއެލުން ކުރަމުންދާ މަސައްކަތްތަކަށް އެކަށީގެންވާ ވަރުގެ ޖާގައެއް މާލެ ވިޔަފާރި ބަނދަރުގައި ނެތް ކަމަށް ޝާހިދު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އަހަރަކު 50،000 ގެ ކޮންޓެއިނަރު ހިންގޭވަރުގެ ޖާގައެއްގައި އެ ކުންފުނިން އޮޕަރޭޓް ކުރަނީ 130،000 ގެ ކޮންޓެއިނަރުގެ އޮޕަރޭޝަންތައް ކަމުގައެވެ.

ޝާހިދު ވިދާޅުވީ އެމްޕީއެލުން މިހާރުވެސް މަސައްކަތްތައް ކުރަނީ ކެޕޭސިޓީއަށް ވުރެ ތިން ގުނަ އިތުރަށް ކަމަށެވެ. އެހެންކަމުން މިކަން ހައްލުކުރުމަށް ތިލަފުށިީގައި ބަލްކް ޓާމިނަލެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވެފައިވަނީ ތިލަފުށީގައި ބަލްކް ޓާމިނަލެއް ތަރައްގީކުރުމަށް އެޗްޑީސީ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. ޓާމިނަލުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި މި އަހަރުގެ ތެރޭގައި އެ ތަނުގެ ބޭނުންކުރަން ފެށޭނެކަމަށް އޭނާ ވިދާޅުވިއެވެ.

your imageރާއްޖެއަށް މުދާ އެތެރެކުރާ މިންވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން - ފޮޓޯ:އެމްޕީއެލް 

ބަލްކް ޓާމިނަލްގެ މަސައްކަތް އަވަސް ކުރަން ބޭނުންވާ އެންމެ ބޮޑު އެއް މަގުސަދު ކަމުގައި ޝާހިދު ވިދާޅުވީ ގުޅީފަޅު މަޝްރޫއު ލަސްވެގެންދާއިރު، ރާއްޖެއަށް މުދާ އެތެރެކުރާ މިންވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން ކަމަށެވެ. އެ ޓާމިނަލާ އެކު، ވަގުތީ ހައްލެއްގެ ގޮތުގައި ހުސް ކޮންޓެއިނަރު ޖައްސާނެ ޖާގަ ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ތިލަފުށީގައި ބަލްކް ޓާމިނަލް ތަރައްގީވެގެން ދިއުމުން ރާއްޖެއަށް އެތެރެކުރެވޭ ހިލަ، ހިލަވެލި އަދި ދަގަނޑު ފަދަ ތަކެތި ކްލިއަ ކުރުމަށް ޖާގަ ލިބި އެތަކެތި ރައްކާކުރެވޭނެ ޖާގަ ފަހިވެގެންދާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްޕީއެލްއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދުމަށް ތިލަފުށީގައި ބަލްކް ޓާމިނަލެއް ތަރައްގީކުރުމުގެ އިތުރުން، މާލެ ވިޔަފާރި ބަނދަރުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް