އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.
އިންތިހާބުގައި ވާދަކުރުމަށް ޕްރައިމަރީއަށް ނަން ހުށަހެޅުމަށް މިދިޔަ މަހު 27 ވަނަ ދުވަހު ހުޅުވާލި ފުރުސަތުގައި މުއްދަތު ހަމަވިއިރު ކުރިމަތި ލާފައިވަނީ:
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މިދިޔަ މަހުގެ 23 ވަނަ ދުވަހު އަވަހާރަ ވުމުންނެވެ. ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގައި މެލޭޝިއާގައެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ.