ads
އައިޑީ ކާޑު——
މައުލޫމާތު ބަދަލުވެގެން އައިޑީކާޑު ހައްދައިދޭ އަގަށް ބަދަލު ގެނެސްފި
ދިވެހި ރައްޔިތެއް ކަން އަންގައިދޭ ކާޑުގެ މައުލޫމާތު ބަދަލުވެގެން ކާޑު އާ ކުރާނަމަ އާކާޑެެއް ހައްދައިދޭ އަގަށް ބަދަލު ގެނެސްފިއެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)އިން އިއްޔެއިން ފެށިގެން ވަނީ މައުލުމާތު ބަދަލުކުރުމަށް ނަގާ އަގު 150 ރުފިޔާއަށް ބޮޑުކޮށްފައެވެ. ކުރިން ނަގަނީ 50 ރުފިޔާއެވެ.

މިހާރު ކާޑު ހައްދައިދޭ އަގުތަކަށް ބަލާއިރު އަލަށް ކާޑު ހައްދާ ނަމަ ރުފިޔާއެެއް ދައްކާކަށް ނުޖެހޭނެއެވެ. ކާޑުގެ ސޮއި ބަދަލުކުރާނަމަ 150 ރުފިޔާ ދައްކަން ޖެހޭއިރު އާ ކާޑެއް ހައްްދާ ނަމަވެސް 150 ރުފިޔާ ދައްކަން ޖެހެއެވެ.

އޭގެ އިތުރުން ކާޑުގެ މައުލޫމާތު އާކުރާނަމަ 150 ރުފިޔާ ދައްކަން ޖެހޭއިރު ކާޑު ގެެއްލިގެން ކާޑު ހައްދާނަމަ 250 ރުފިޔާ ދައްކަން ޖެހޭނެއެވެ.

އައިޑީކާޑް ހެއްދުމަށް މިހާރު ހުށަހަޅަން ޖެހެނީ އޮންލައިން ކޮށެވެ.

މައުލޫމާތު ބަދަލުވެގެން އައިޑީކާޑް ހެއްދުމަކީ އާއްމުކޮށް މީހުން ހޯދާ ހިދުމަތެެއްކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން އެޑްރެސް ބަދަލުވުމާއި، ނަން ބަދަލުވެގެން ވެސް ގިނަ ބަޔަކު އާ އައިޑީ ކާޑެއް ހައްދައެވެ.އޭގެ އިތުރުން އިތުރުން ރިޔާސީ އިންތިހާބު ގާތްވާ ވަރަކަށް ވެސް މައުލޫމާތު ބަދަލުވެގެން އާ ކާޑު ހައްދަން ވެސް މީހުން ހުށަހަޅައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް