
އޭނާ މިއަދު ފެނިިފައިވާ ކަމަށް ފުލުހުން ބުނިނަމަވެސް އޭނާ ފެނުނު ތަނެއް ހާމައެއް ނުކުރެ އެވެ. އާރިފް ހޯދުމަށް އިއުލާންކޮށް އިއްޔެ ފުލުހުން ބުނިގޮތުގައި މިދިޔަ ޑިސެމްބަރުން ފެށިގެން އޭނާގެ ހަަބަރެއް ނުވާކަމަށް އާއިލާއިން މައުލޫމާތު ދީފައި ވެއެވެ.
އާރިފް އަކީ ކަންނެލި މަސްވެރިކަމުގެ މަސައްކަތް ކުރާ މީހެކެވެ. ގެއްލިގެން ހޯދަމުންދާތާ ދެ މަސް ފަހުން އޭނާ ފެނިފައިވާ ކަމަށް ފުލުހުން ބުނިއިރު، މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުންދިޔަ ސ. މަރަދޫފޭދޫ، ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް ވެސް އޭގެ 13 ދުވަސް ފަހުން ވަނީ ފެނިފަ އެވެ.
އޭނާ ހޯދުމަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކުރިފަހުން ފެނިފައިވަނީ އެއާޕޯޓު ޓާމިނަލް ތެރޭގައި އިންދަ އެވެ. އޭނާ ގެއްލުނު ސަބަބާއި، އެހާ ދުވަހު އުޅުނު ތަނެއްގެ ތަފްސީލެއްވެސް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ވީނުވީއެއް ނޭނގި ގެއްލޭ މީހުންގެ ހާދިސާތަކުގެ ތަފްސީލުތައް އެމީހުން ފެނުމުންވެސް ފުލުހުން ހާމަކުރަމުން ނުދާއިރު، މިފަހަކަށް އައިސް ވީނުވީއެއް ނޭނގި ގެއްލޭ މީހުންގެ ކޭސްތައް ވަނީ އިތުރުވެފަ އެވެ.