ސައުދީ އަރަބިއްޔާއިން ޖިންސީ ގޯނާ އާއި މަރުގެ ކުށުގެ ކުށުގައި ދެ ރައްޔިތެއްގެ މައްޗަށް މަރުގެ އަދަބު ދީފައިވާ ކަމަށް އިންޓީރިއާ މިނިސްޓްރީން ހޮނިހިރު ދުވަހު ބުނެފި އެވެ.
އުމަރު ބަރަކަތީގެ މައްޗަށް މަރުގެ އަދަބު މިއަދު ތަންފީޒުކުރީ އޭނާގެ މައްޗަށް ސާބިތުވި ޖިންސީގޯނާގެ ކުށް ޝަރުއީ ހުރިހާ މަރުހަލާއެއްގައިވެސް ސާބިތުވާކަމަށް ކަނޑައެޅުމުންނެވެ. އަދި އޭނާ މެރުމަށް ކްރިމިނަލް ކޯޓާއި އިސްތިއުނާފީ ކޯޓްގެ އިތުރުން ސްޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުމަށް ޝާހީ ގަރާރަކުން ވަނީ އަމުރުކޮށްފައެވެ.
އޭނާގެ މައްޗަށް ސާބިތުވެފައިވަނީ ޅަ ފިރިހެން ކުދިން ރަހީނުކުރުމަށްފަހު، އެކުދިންނަށް ޖިންސީގޯނާކޮށް ރޭޕްކުރުމުގެ ކުށެވެ.
މިމައްސަލާގައި އޭނާގެ މައްޗަށް މިއަދު ސައިދީގައި މަރުގެ އަދަބު ތަންފީޒުކުރިއިރު، ސެކިއުރިޓީ ގާޑަކަށް ހަމަލާދީ މަރާލި މައްސަލައެއްގައި އެހެން މީހެއްގެ މައްޗަށްވެސް މިއަދު ވަނީ މަރުގެ އަދަބު ތަންފީޒުކޮށްފައެވެ.