ads
މިދިޔަ ޖެނުއަރީ މަހު ބޭއްވި ރިޔާސީ ޕްރައިމަރީގެ ތެރެއިން
އެމްޑީޕީން ސުވާލު އުފެއްދީ ސިވިލް ކޯޓުގެ އިހުތިސާސާމެދު
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބާއްވައިދިނުމަށް އެދި ހުށަހެޅި މައްސަލަ ބެލުމުގެ އިހުތިސޯސް ސިވިލް ކޯޓަށް ލިބިދާނެ ކަމާމެދު އެމްޑީޕީން ސުވާލު އުފައްދައިފިއެވެ.
Advertisement

އެމްޑީޕީން އެކަމާމެދު ސުވާލު އުފެއްވީ ރައީސް ނަޝީދުގެ ފަޅިން، ޕްރައިމަރީ އަލުން ބާއްވައިދިނުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ. މި މައްސަލަ މިއަދު ގެންދިޔުމަށް ސިވިލް ކޯޓުގައި ތާވަލުކޮށްފައި އޮތެވެ. އަލީ އަމްޖަދު ނަމަކަށް ކިޔާ މީހަކު ހުށަހެޅި މި މައްސަލާގައި ވަގުތީ އަމުރަކަށް އެދިފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވި ކަމަށް ދައްކާ ނަތީޖާއަށް އަމަލުކުރުން ފަސްކުރަން އެމްޑީޕީގެ މައްޗަށް އަމުރުކޮށްދިނުމަށެވެ. އެހެންނަމަވެސް މި މައްސަލަ ކުރިއަށް ގެންދިޔުމަށް ކޯޓުގެ އިހުތިސޯސް އޮތްތޯ ސުވާލު އުފެއްދުމުން، އެކަމާ މެދު ގޮތެއް ނިންމުމަށް އިތުރު އަޑުއެހުމެއް ބާއްވަންވަނީ ނިންމާފައެވެ. 

އިހުތިސޯސްއާ މެދު ދެކޭ ގޮތް ހުށަހަޅަން މައްސަލަ ހުށަހެޅި ފަރާތަށް ފުރުސަތެެއް ލިބޭއިރު، މައްސަލަ ހުށަހެޅި އަލީ އަމްޖަދުގެ ފަރާތުން ވަކާލާތު ކުރައްވަން ކޯޓަށް ވަޑައިގެންނެވީ ކުރީގެ ބަންޑާރަ ނާއިބު، ދިޔާނާ ސައީދުއާ، ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރެވެ.

ނަޝީދުގެ ފަޅިން ހުށަހެޅި މި މައްސަލާގައި ބުނެފައި އޮތީ ޕާޓީގެ މެންބަރަކު ވަކިކުރުމަކީ މެންބަރާ މެދު އަޅާ ފިޔަވަޅެއްކަން އަސާސީ ގަވާއިދުން އެނގެން އޮންނައިރު، ވަކިކުރި 39،000 މެންބަރުން ވަކިކުރީ ފިޔަވަޅު އެޅުމުގައި އަމަލު ކުރަންޖެހޭ އިޖުރާއަތުތަކާ ހިލާފަށް ކަމަށެވެ.

ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވީ ރައީސް ސޯލިހު އެވެ. މި އިންތިހާބުން ނަޝީދަށް ލިބިވަޑައިގަތީ 39 އިންސައްތަ ވޯޓެވެ. އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 61 އިންސައްތަ ވޯޓެވެ. ކޯޓަށް ހުށަހެޅި މައްސަލާގައި ވަކި ގޮތެއް ނިންމުމުގެ ކުރިން ރިޔާސީ ޓިކެޓު ހަވާލުކުރަން ހުއްޓުވުމަށް އަމުރު ކޮށްދިނުމަށެވެ. އެހެންނަމަވެސް ރިޔާސީ ޓިކެޓް މިހާރުވަނީ ރައީސް ސޯލިހަށް އަރުވާފައެވެ.

މީގެ އިތުރުން ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާކޮށް ކޯލިޝަން ހެދުމުގެ ބާރު ރައީސަށް ދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ފާސްކުރުމާ އެއް ގޮތަށް ރައީސްވަނީ މަސައްކަތްވެސް ފަށްޓަވާފައެވެ. ބައެއް ޕާޓީތަކުން އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް މިހާރުވަނީ ނިންމާފައެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް