ads
އިއްޔެގެ މާރާމާރީގެ މަންޒަރެއް
ބޮޑު މާރާމާރީން ހައްޔަރުކުރި 11 ބިދޭސީން ދޫކޮށްލައިފި
ޓީޖެޓީ ސަރަހައްދުގައި އިއްޔެ ހަވީރު ހަމަނުޖެހުން ހިންގައިގެން ހައްޔަރުކުރި 11 ބިދޭސީން ދޫކޮށްލައިފި އެވެ.

އެ އެންމެން ދޫކޮށްލީ މިއަދު އެވެ. އެކަމަކު އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. މާރާމާރީ ހިންގި ސަބަބެއްވެސް ސާފުކޮށެއް ނުދެ އެވެ. 

މި މާރާމާރީ އާއި ގުޅިގެން 11 މީހަކު އެސަރަހައްދުން އިއްޔެ ހަވީރު ހައްޔަރުކުރިއިރު، ފަސް ބިދޭސީއަކަށް އެކިވަރުގެ އަނިޔާތައް ލިބިގެން ހޮސްޕިޓަލުގައި ވަނީ ފަރުުވާވެސް ދީފައެވެ. 

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ ދެ ދޯންޏެއްގައި ތިބި ބިދޭސީންތަކެއް ލަކުޑިބުރި އާއި އެހެނިހެން ތަކެތިން އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާދޭ މަންޒަރެވެ. ހަވީރު 16:50 އާއިރު މި މާރާމާރީގެ މައުލޫމާތު ލިބިގެން އެތަނަށް ގޮޮޮސް އެކަން ހުއްޓުވާފައިވަނީ ފުލުހުން ނެވެ. 

އެމާރާމާރީ އާއި ގުޅިގެން ހައްޔަރުކުރި އެންމެން ދޫކޮށްލި ނަމަވެސް، އެ މައްސަލަ އަދިވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުން ނެވެ. 

ދެމީހަކަށް ތޫނު އެއްޗަކުން ހަމަލާދީ އެތަނުން އެކެއްގެ އިނގިލީގައި ދަތް އަޅައި ބުރިކޮށްލައިގެން ބިދޭސީއަކު މިދިޔަ ހުކުރު ދުވަހުވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ ބިދޭސީ މީހާ މިވަގުތު ހުރީ މައްސަލާގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް