ads
ބަންޑާރަ ކަޕްގެ މެޗެއްގެ ތެރެއިން
ބަންޑާރަ ކަޕްުގެ ފައިނަލަށް ސުޕްރީމް ކޯޓާއި ބާ ކައުންސިލް
ބަންޑާރަ ކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލުން ސުޕްރީމް ކޯޓާއި ބާ ކައުންސިލް ފުރުސަތު ހޯދައިފިއެވެ.

ފޯރިގަދަ ބަންޑާރަ ކަޕްގެ އަންހެން ބައިގެ ފައިނަލަށް ސުޕްރީމް ކޯޓު ދިޔައީ ސެމީ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ކްރިމިނަލް ކޯޓު ބަލިކޮށްގެންނެވެ.

 މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ސުޕްރީމް ކޯޓު މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ. މެޗުގެ ހަމައެކަނި ލަނޑު ސުޕްރީމް ކޯޓުން ޖެހީ މެޗު ނިމެން ސިކުންތު ކޮޅަކަށްވެފައިވަނިކޮށެވެ. ސުޕްރީމް ކޯޓަކީ މި އަހަރު މުޅިން އަލަށް މުބާރާތުގައި ވާދަކުރާ ޓީމެކެވެ. 

ބާ ކައުންސިލް ފައިނަލަށް ދިޔައީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބަންޑާރަ ކްލަބުގެ އަންހެން ޓީމު ބަލިކޮށްގެންނެވެ. ބަންޑާރަ ކްލަބާ ބާ ކައުންސިލް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހޭތީ މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ބާ ކައުންސިލްގެ ކީޕަރުވަނީ ތިން ޕެނަލްޓީ ސޭވްކޮށްފައެވެ. 

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލް މެޗުތައް މިރޭ ކުޅޭނެއެވެ. 

މުބާރާތް ކުރިއަށްދަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން މާރިޗު މަހުގެ ހަތްވަނަ ދުވަހާ ހަމައަށް ހެންވޭރު ދަނޑުގައެވެ. މި ފަހަރުގެ މުބާރާތުގައި ޖުމްލަ 28 ޓީމުން ވާދަކުރެއެވެ. އެއީ ފިރިހެން 16 ޓީމާ އަންހެން 12 ޓީމެވެ.  މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަނުންނަކީ ފިރިހެން ޑިވިޝަނުން ޖޭއެސްސީ އަދި އަންހެން ޑިވިޝަނުން ކްރިމިނަލް ކޯޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް