ads
ޖޫސް ޓައިމްސްއަށް ބަޔަކު ގެއްލުންދެނީ
ޖޫސް ޓައިމް ސުންނާފަތި ކޮށްލި ދެމީހުންގެ ތެރެއިން 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި
ހުޅުމާލޭގައި ހުންނަ ޖޫސް ޓައިމް ސުންނާފަތިކޮށްލުމުގައި އަމަލީގޮތުން ހަރަކާތްތެރިވި ދެމީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފި އެވެ.
Advertisement

ފުލުހުން ބުނީ މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ 19 އަހަރުގެ ޒުވާނާ އަކީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ހުޅުމާލެ ޖޫސް ޓައިމްއަށް ގެއްލުން ދެނިކޮށް ވީޑިއޯގައި ފެންނަ ދެމީހުންގެ ތެރެއިން އެކަކު ކަމަށެވެ. 

އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓުގެ އަމުރެއްގެ ދަށުން  ނެވެ. ޖޫސް ޓައިމްއަށް ބަޔަކު ވަދެ ގެއްލުންދީފައިވާ މައްސަލައާއި ގުޅިގެން މިދިޔަ މަހުގެ 28 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ އެޕާޓްމަންޓެއް ވެސް ބަލައިފާސްކޮށްފައި ވެއެވެ. 

މި އެޕާޓްމަންޓް ބަލައިފާސްކުރިއިރު، މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް ތަކެއްޗާއި މަސްތުވާތަކެތި ފެނިފައި ވެއެވެ. އަދި ޖޫސް ޓައިމްސް އަށް ގެއްލުން ދިނުމުގަައި ބައިވެެެރިވާ ކަމަށް ތުހުމަތުކުރެވޭ ހަތް މީހަކު އެދުހު ވެސް ފުލުހުން ހައްޔަރު ކުރި އެވެ. 

އެ މީހުންގެ ތެރޭގައި އަންހެނަކުވެސް ހިމެނެ އެވެ. 

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ނެވެ. ޖޫސް ޓައިމް އަށް ވަދެ މުޅި އެތަން ސުންނާފަތިކޮށްލާފައިވަނީ ހެލްމެޓާއި މާސްކުން މޫނު ނިވާކޮށްގެން ތިބި ބަޔެކެވެ. 

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ކެފޭގެ ސީސީޓީވީ ފުޓޭޖުން ފެންނަގޮތުން، މޫނު ނިވާކޮށްގެން ސައިކަލެއްގައި ދެމީހަކު ކެފޭ އާއި ދިމާލަށް އަންނަތަން ފެނެ އެވެ. ކޮންމެ މީހެއްގެ އަތުގައި މަރުތޭލެއް އޮތްއިރު، އެމީހުން އަންނަން ފެށުމުން ކެފޭގެ ކައުންޓަރުގައި އިން ބިދޭސީ މީހާ ދުވެފިލާ މަންޒަރު ފެނެއެވެ. 

ހެލްމެޓާއި މާސްކުން މޫނު ނިވާކޮށްގެން ތިބި އެދެމީހުން އައި ގޮތަށް އައިސް ފުރަތަމަ އެތަނުގެ ބޭރު ބިއްލޫރިގަނޑު ތަޅާލާތަން ފެނެއެވެ. އަދި އެޔަށްފަހު އެތަނުން އެކަކު ކުޑަދޮރުން އެތަނުގެ ކައުންޓަރު މައްޗަށް އަރާ އެތެރެއަށް ފުންމާލާ މަންޒަރުވެސް ފެނެއެވެ. އަދި މަރުތޭލުން ތަޅާ އެތަނުގެ ތެރޭގައި ހުރި ހުރިހާ އެއްޗެއް ސުންނާފަތި ކުރަމުންދިޔަ މަންޒަރު ފެނެއެވެ. އޭގެތެރެއިން ބޭރުގައި ހުރި މީހާ ކައުންޓަރުގެ ވަތްގަނޑުގައި ހުރި ފައިސާތައް ނަގާ މަންޒަރު ވެސް ފެނެ އެވެ. 

އެކަމަކު މި މީހުން އެކަން ކުރީ ފައިސާތަށް ނެގުމުގެ ބޭނުމުގައި ކަމެއް ނުވަތަ އެކަމުގައި އޮތް މަގުސަދެއް އަދި ސާފެއް ނުވެއެވެ. އެެމީހުން ފުރަތަމަ ވެސް އައިސް ތަނުގައި ހުރި ހުރިހާ އެއްޗެއް ތަޅާ ސުންނާފަތި ކުރަން ފެށިއިރު ވަތްގަނޑުގައި ހުރި ފައިސާތަށް ނަގާކަށް މަސައްކަތެއް ނުކުރެ އެވެ.

ފައިސާތައް ނެގީ އެތަނުގައި ހުރި ގިނަ އެއްޗެހިތަކަކަށް ގެއްލުން ދިނުމަށްފަހު އެވެ. އެހެންކަމުން މިއީ ވައްކަން ކުރަންވެގެން އައި ބަޔަކަށް ވުރެ ބޮޑަށް ބައެއްގެ ވިޔަފާރީއަށް ގެއްލުން ދިނުމުގެ މަގުސަދުގައި ކޮށްފައިވާ ކަމަކަށް ވުންވެސް އެކަށީގެންވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް