ads
ދިވެހި އެތްލީޓުން މެޑެއްޔާއެކު (ފޮޓޯ އޮލިމްޕިކް ކޮމިޓީ)
ކުޅިވަރުގެ ބޮޑު އަހަރެއް، ބޮޑެތި އެތައް އިވެންޓެއް
އޮލިމްޕިކް ކޮމިޓީންވަނީ ހުސްވި ހަފްތާ ތެރޭގައި މި އަހަރަށް 72 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ. މި ބަޖެޓްގެ ބޮޑުބައި ހިއްސާކުރާނީ މި އަހަރު ރާއްޖޭން ބައިވެރިވާ ބައިނަލްއަގުވާމީ ފަސް ގޭމްސްއަކަށެވެ.

މި އަހަރު ރާއްޖޭން ނައިވެރިވާ ބައިނަލް އަގްވާމީ ފަސް ގޭމްސްގެ އިތުރުންވެސް މިއަހަރަކީ ކުޅއޭގެ އިތުރުންވެސް މިއަހަރު ބައިނަލް އަގްވާމީ ކުޅިވަރުގެ ބޮޑެތި ހަރަކާތްތައް ރާއްޖޭގެ އެތްލީޓުންނަށް އެބައޮތެވެ.

މިއަހަރު ރާއްޖޭން ބައިވެރިވާ ބޮޑެތި ކުޅިވަރު ހަރަކާތްތައް 

ކޮމަންވެލްތު ޔޫތު ގޭމްސް - ޓްރިންޑާޑް އެންޑް ޓޮބޭގޯ

އެނޮކް ވޯލްޑް ބީޗް ގޭމްސް – އިންޑޮނީޝިއާ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) - ، މަޑަގަސްކަރަ

އޭޝިއަން ގޭމްސް - ޗައިނާ

އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް – ތައިލެންޑް

ސާފް ޗެމްޕިއަންޝިޕް – އިންޑިޔާ

މި އަހަރު ރާއްޖޭން ބައިވެރިވާ ގޭމްސްތަކުގެ ތެރެރއިން އައިއޯއައިޖީ އާއި އޭޝިއަން ގޭމްސް އަކީ ރާއްޖޭން ބޮޑު ކޮންޓިންޖެންޓެއް ވާދަކުރާ ގޭމްސްތަކެކެވެ. އޭގެ ތެރެއިންވެސް އައިއޯއައިޖީ އަކީ ސަރުކާރުން ހާއްސަ އަހައްމިއްޔަތުކަމެއް ދޭނެ ގޭމްސްއެކެވެ. އެކަން މިނިސްޓަރު މަހްލޫފުވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

އައިއޯއައިޖީ މިއީ އެންމެން ގަބޫލުކުރާ ގޮތުގައި މިއީ ހެޔޮވަރު ވަރެއްގައި ވާދަކޮށްލަން ލިބޭ މިނީ އޮލިމްޕިކްސް، އެ އަށް އެންމެން މަސައްކަތް ކުރަމުން މި އަންނަނީ، ދެން މި އޮތް ހަ މަސް ދުވަހު ވެސް އެ އަށް ތައްޔާރުވާން ހުރިހާ ފަރާތަކުން ވެސް އުޅުމަކީ އަޅުގަނޑުގެ އެދުން.

އޮލިމްޕިކް ކޮމިޓީންވެސް އަންނަނީ މި އަހަރު އޮތް ގޭމްސްތަކަށް ތައްޔާރުވާން ދިވެހި އެތުލީޓުންނަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދޭން މަސައްކަތް ކުރަމުންނެވެ. އޮލިމްޕިކް ކޮމިޓީ މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްގެން، ޕެރިސް އޮލިމްޕިކްސް 2024 ގެ ސްކޮލަޝިޕް، ދިވެހި ހަތަރު އެތުލީޓަކަށް ދީފައިވާއިރު، ދާދި ފަހުން ބޭންކް އޮފް މޯލްޑިވްސުންވަނީ އޮލިމްޕިކް ކޮމިޓީގެ އެހީތެރިކަމާ އެކު ހަތް އެތުލީޓަކަށް ސްކޮލަޝިޕް ދީފަ އެވެ.

އޮލިމްޕިކް ކޮމިޓީން ޓްރެއިނިން ފުރުސަތުތައް އެތުލީޓުންނަށް ފަހިކޮށްދޭއިރު، އެސޯސިއޭޝަންތަކުގެ ދެމެހެއްޓެނިވި ތަރައްގީ އަށް ބޭނުންވާ އެހެން ދާއިރާތަކުން ވެސް އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ.

މިއަހަރުގެ ކުޅިވަރު ކަލަންޑަރުގައި ހިމެނޭ ބޮޑެތި ގޭމްސްތަކަށް އެތްލީޓުންގެ ސަމާލުކޮށް ހުއްޓި، އަދި ގިނަ އެތްލީޓުން މިހާރުވެސް ފޯރީގައި ތައްޔާރުވަމުންދާއިރު، އާއްމުންގެ އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭނީ ސާފް ޗެމްޕިއަންޝިޕަށެވެ. ސަރަހައްދީ ފުޓްބޯޅަ ޖަމިއްޔާ ސާފުން ނިންމާފައިވަނީ މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް އަންނަ ޖޫން މަހުގެ 20ން ޖުލައި ތިނަކަށް އިންޑިޔާގައި ބާއްވާށެވެ. 

އިންޑިޔާގައި މުބާރާތް ބާއްވަން ނިންމިއަސް މުބާރާތް ބާއްވާނެ ވަކި ސިޓީއެއް އަދި ކަނޑަނާޅާއެވެ. އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ މުބާރާތް ބާއްވާނެ ސިޓީއެއް މި މަހު ކަނޑައަޅާނެ ކަމަށެވެ. ބޮޑަށް ބެލެވެނީ މި ފަހަރުގެ މުބާރާތް އިންޑިޔާއިން ބާއްވާނީ އައްސާމްގައި ކަމަށެވެ. މުމްބާއީއަކީވެސް މުބާރާތް ހޯސްޓްކޮށްފާނެ ސިޓީއެކެވެ.

ސާފް ޗެމްޕިއަންޝިޕް އެންމެ ފަހުން އޮތީ ރާއްޖޭގައެވެ. 2021 ވަނަ އަހަރު ރާއްޖޭގައި އޮތް މުބާރާތް ކާމިޔާބު ކުރީ އިންޑިޔާ އިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް