ads
ވ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ކުރިއަށް ގެންދާ ބޭސިކް އިލެކްޓްރިކަލް ވަޔަރިން ޕްރޮގްރާމް - ފޮޓޯ:ސްޓެލްކޯ
ސްޓެލްކޯގެ ބޭސިކް އިލެކްޓްރިކަލް ވަޔަރިން ޕްރޮގްރާމް ޔުނިސެފުގެ ޑިރެކްޓަ ބައްލަވާލެއްވުން
‏ވ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ކުރިއަށް ގެންދާ ބޭސިކް އިލެކްޓްރިކަލް ވަޔަރިން ޕްރޮގްރާމް ޔުނިސެފުގެ ރީޖަނަލް ޑިރެކްޓަރު ބައްލަވާލައްވައިފިއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ‏ވ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ކުރިއަށް ގެންދާ ބޭސިކް އިލެކްޓްރިކަލް ވަޔަރިން ޕްރޮގްރާމަށް ޔުނިސެފުގެ ރީޖަނަލް ޑިރެކްޓަރު ޒިޔާރަތް ކުރައްވާ ޕްރޮގްރާމް ކުރިއަށް ދާ ގޮތް ބައްލަވާލައްވާފައިވާ ކަމަށެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި މި ޕްރޮގްރާމަކީ ވ. އަތޮޅު ތައުލީމީ މަރުކަޒާއި އެ ކުންފުނީގެ ވ. ފެލިދޫ އިންޖީނުގެ އާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމުގައެވެ. މި ޕްރޮގްރާމުގެ މަގުސަދަކީ ‏ވ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަކީ ފަންނީ އަދި ގާބިލް ބަޔަކަށް ހެދުން ކަމުގައި ސްޓެލްކޯއިން ބުނެއެވެ.

your imageވ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ކުރިއަށް ގެންދާ ބޭސިކް އިލެކްޓްރިކަލް ވަޔަރިން ޕްރޮގްރާމް - ފޮޓޯ:ސްޓެލްކޯ

މި ޕްރޮގްރާމުގެ އިތުރުން ސްޓެލްކޯއިން އަންނަނީ އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކާއި އެ ކުންފުންޏާ ގުޅޭގޮތުން ސްކޫލުތަކުގެ ދަރިވަރުންނަށް މައުލޫމާތު ފޯރުކޮށްދެމުންނެވެ. އެގޮތުން މިދިޔަ މަހު ސްޓެލްކޯގެ ހެޑް އޮފީހަށް ޒިޔާރަތްކުރި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލާއި ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންނަށް އެ ކުންފުނީގެ އިންޖީނުގެ ދައްކާލުމުގެ އިތުރުން އެތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި އެ ކުންފުންޏާ ބެހޭ މައުލޫމާތު ދެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މި ދެ ސްކޫލުގެ އިތުރުން ‏ތ. ކިނބިދޫ ސްކޫލުގެ ދަރިވަރުންތަކެއް ސްޓެލްކޯގެ ހުޅުމާލެ 50 މެގަވޮޓް އިންޖީނުގެއަށް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ޒިޔާރަތް ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އެ ޒިޔާރަތުގައި އެ ދަރިވަރުންނަށް އިންޖީނުގެ ދައްކާލާފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އޭގެ އިތުރުން އެތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ސްޓެލްކޯ އާ ގުޅޭ މައުލޫމާތު ދިން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް