ads
ސްޓެލްކޯއިން ހިންމަފުއްޓަށް ފޮނުވި 800 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓު ކޮމިޝަންކޮށް، ބޭނުން ކުރަން ވަނީ ފަށާފައި - ފޮޓޯ:ސްޓެލްކޯ
ހިންމަފުށީގެ ކަރަންޓުގެ ކެޕޭސިޓީ 1450 ކިލޯވޮޓުން 2050 ކިލޯވޮޓަށް
ކ. ހިންމަފުއްޓަށް 800 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓެއް ސްޓެލްކޯ އިން ފޮނުވައިފިއެވެ.

ސްޓެލްކޯ އިން ބުނީ ހިންމަފުށީގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށް، އެ ރަށުގައި ފޯރުކޮށްދެމުންގެންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ޓަކައި 800 ކިލޯވޮޓުގެ އާ ޖަނަރޭޓަރު ސެޓެއް އެ ރަށަށް ފޮނުވާ، ކޮމިޝަންކޮށް ބޭނުން ކުރަން ފަށާފައިވާ ކަމުގައެވެ.

އެ ޖަނަރޭޓަރު ސެޓާ އެކު، ހިންމަފުށީގެ ކަރަންޓު ކެޕޭސިޓީ 1450 ކިލޯވޮޓުން 2050 ކިލޯވޮޓަށް އިތުރު ކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

your imageސްޓެލްކޯއިން ހިންމަފުއްޓަށް ފޮނުވި 800 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓު ކޮމިޝަންކޮށް، ބޭނުން ކުރަން ވަނީ ފަށާފައި - ފޮޓޯ:ސްޓެލްކޯ 

ސްޓެލްކޯއިން ވަނީ ނިމިދިޔަ މަހުގެ ފަހުކޮޅު އއ. މާޅޮހުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށް، އެ ރަށުގައި ފޯރުކޮށްދެމުންގެންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ޓަކައި 300 ކިލޯވޮޓް ގެ އާ ޖަނަރޭޓަރު ސެޓެއް އެ ރަށަށް ފޮނުވާފައެވެ. އެ ޖަނަރޭޓަރު ސެޓާ އެކު، މާޅޮހުގެ ކަރަންޓު ކެޕޭސިޓީ 679 ކިލޯވޮޓުން 816 ކިލޯވޮޓަށް އިތުރު ކުރެވިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މާޅޮހުގެ އިތުރުން ކ. ގުރައިދޫގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށް، އެ ރަށުގައި ފޯރުކޮށްދެމުންގެންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ސްޓެލްކޯގެ ފަރާތުން 800 ކިލޯވޮޓް ގެ އާ ޖަނަރޭޓަރު ސެޓެއް އެ ރަށަށް ފޮނުވާފައިވެއެވެ. މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ގުރައިދޫއަށް ފޮނުވި އެ ޖަނަރޭޓަރު ސެޓާ އެކު، ރަށުގެ ކަރަންޓު ކެޕޭސިޓީ 1،550 ކިލޯވޮޓުން 2،350 ކިލޯވޮޓަށް އިތުރު ކުރެވިގެންދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް