ads
އާސަހަރާ މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: މާލޭ ސިޓީ ކައުންސިލް
މާލޭގެ މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް ރޯދައައް ނިމޭނެ: މުއިއްޒު
މާލޭގެ މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް ރޯދައަށް ނިމޭނެކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭ ސިޓީގެ ގިނަ މިސްކިތްތަކުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށާއި، ގިނަ މިސްކިތްތަކުގެ އެންމެ މުހިންމު މަސައްކަތް ކުރިއަށް އޮތް ދެހަފުތާ ތެރޭގައި ނިމޭނެ ކަމަށެވެ. 

މާލޭ ސިޓީ ކައުންސިލުން ވަނީ ވޭތުވެ ދިޔަ 18 މަސް ދުވަހުގެ ތެރޭގައި މާލޭ ސަރަހައްދުގެ 38 މިސްކިތެއް މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރަމުން ގެންގޮއްސައެވެ. 

މި ފަހުން މާލޭ ސިޓީ ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ ރޯދަ މަސް ބައްދަލުކުރާ އިރު މިހާރު މިސްކިތްތައް ދަނީ މަރާމާތުކުރެވެމުން ކަމަށާއި، ރޯދައަށް މަސައްކަތްތައް ނިންމާލެވޭނެ ކަމަށެވެ. 

މިހާތަނަށް މިސްކިތު ފަންޑަށް ރައްޔިތުން ހަދިޔާކުރެއްވި 1 މިލިޔަން ރުފިޔާގެ އިތުރަށް ސިޓީ ކައުންސިލުން ދަނީ ކައުންސިލްގެ އާމްދަނީއިން 8 މިލިޔަން ރުފިޔާގެ މަސައްކަތް ކުރަމުން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މާލޭގެ މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތްތައް ކުރަމުން ދާއިރު، އާ ސަހަރާ މިސްކިތުގެ ސީލިންގް މަރާމާތުކުރުމާއި އާއި ލައިޓުތައް ބަދަލުކުރުމުގެ އިތުރުން ފާރު މަރާމާތުކުރުމުގެ މަސައްކަތްދަނީ ކުރެވެމުންނެވެ. މީގެ އިތުރުން އެހެން މިސްކިތްތަކުގެ އެކިއެކި މަސައްކަތްތައްވެސް ދަނީ ކުރެވެމުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް