ads
އެގްރޯނެޓްގެ އެމްޑީ ހާރޫން: ފޮޓޯ އެގްރޯ ނެޓް
ކޮންޓްރެކްޓް ފާމިންއަށް މިހާތަނަށް ފަސް މިލިއަންގެ ތަކެތި ދޫކޮށްފިން: ހާރޫން
އެގްރޯނެޓް ކުންފުންޏާއެކު ކޮންޓްރެކްޓް ހަދައިގެން ދަނޑުވެރިކަން ކުރަމުންދާ ދަނޑުވެރިންނަށް، އެކަމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް މިހާތަނަށް ފަސް މިލިއަން ރުފިޔާ އަށް ވާވަރަށް ތަކެތި ދޫކުރެވިއްޖެކަމަށް، އެގްރޯނެޓް ގެ މެނޭޖިންގ ޑައިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވެއްޖެއެވެ.

އެގްރޯނެޓް އިން ކުރަމުންއަންނަ މަސައްކަތްތަކާއި ބެހޭގޮތުން "ސީއެންއެމް" ދެއްވި އިންޓަވިއުއެއްގައި ހާރޫން ވިދާޅުވީ، މިހާތަނަށް 1800 އަށް ވުރެ ގިނަ އެޕްލިކޭޝަން ފޯމް ލިބިފައިވާ ކަމަށާއި، އޭގެތެރެއިން 400 އަށްވުރެ ގިނަ ދަނޑުވެރިން މިހާރު މަސައްކަތުގެ މާހައުުލުގައި ހަރަކާތްތެރިވަމުންދާކަމަށެވެ. 

އަދި އެގްރޯނެޓް ކުންފުނީގެ އަމާޒަކީ، ދަނޑުވެރިކަމަކީ، ދަނޑުވެރިކަން ކުރަމުންއަންނަ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި މާލީ މަންފާ ލިބޭނެ ފަދަ ކަމަށް ހެއްދެވުންކަމަށާއި، މިކަމަށްޓަަކައި މިހާރު ވަރަށް ގިނަ މަސައްކަތްތަކެއްކުރެވި، ކުރެވުނު މަސައްކަތްތަކުގެ މަންފާ ދަނޑުވެރިންނަށް ލިބެންފަށާއިވާ ކަމަށްވެސް ހާރޫން ވިދާޅުވިއެވެ.

ހާރޫން ވިދާޅުވީ، މިހާތަނަށް އެކުންފުނިން ބެލި ބެލުމުން، ދަނޑުވެރިންނަށް ދިމާވާ އެއްމެ ބޮޑު އެއް ގޮންޖެހުމަކީ، ދަނޑުހައްދަން ބޭނުންވާ ތަކެތި އަތްފޯރާވަރަށްވުރެެ ބޮޑު އަގުތަކައި ހުރުންކަމަށާއި، މިހެންވުމުގެ ސަބަބުން އަލަށް ދަނޑުވެރިކަން ފަށަން ގަސްތުކުރާ ފަރާތްތަކަށް ދަތިވެ އެކަންތައް ނުކުރެވޭ ހާލަތަށް ދާކަމަށެވެ. 

އެގްރޯނެޓުން ފޯރުކޮށްދެނީ، މިކަމުގެ ހައްލު ކަމަށާއި، ދަނޑުވެރިކަން ކުރަން ޝައުގުވެރިވާ ކޮންމެ ފަރާތަކަށްވެސް އެފުރުސަތު އެގްރޯނެޓް އިން ތަނަވަސްކޮށްދޭނެ ކަމަށެވެސް ހާރޫން ވިދާޅުވިއެވެ. މިގޮތުން ބޭނުންވާނީ، ދަނޑުވެރިއަކު ހުންނަ ރަށެއްގައި، ދަނޑުވެރިކަންކުރަން ކައުންސިލް އިން ހުއްދަ ދީފައިވާ ބިމެއްގެ އިތުރުން، ދަނޑުވެރިޔާގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓެއް ކަމަށާއި، އެހާހިސާބުން، ކޮންޓްރެކްޓް ފާމިންއަށް ޝަރުތު ފުރިހަމަވާނެކަމަށެވެ. 

ދަނޑުވެރިކަން ފަށައިގަންނަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން، އެކަމަށް ބޭނުންވާ ތަކެތީގެ ޒަރީއާއިން ފޯރުކޮށް ދެވޭނެކަމަށާއި، މިކަމަށް އެގްރޯނެޓުން ކުރާ ހަރަދު ދަނޑުވެރިޔާ އަށް ފަސޭހަވާނެ ގޮތަކަށް އަނބުރާ ދެއްކޭނެ އިންތިޒާމް ހަމަޖެހޭނެކަމަށްވެސް ހާރޫން ވިދާޅުވިއެެވެ. އަދި އުއްމީދަކީ، ވީހާވެސް ގިނަ ޒުވާނުން ދަނޑުވެރިކަމަށް ނިކުތުންކަމަށާއި، މިހާރުވެސް އެފުރުސަތު އޮތްކަން ހާމަކޮށް، އެކަމާއި ބެހޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތްތައް އެގްރޯނެޓް ގެ ފަރާތުން ކުރަމުންދާކަމަށްވެސް ހާރޫން ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް