ads
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްޕޯ މާދަމާ ހެނދުނު 9:00 ފެށިގެން 11:00 އަށް، 14:30 ފެށިގެން 18:00 އަށް ކުރިއަށް ދާނެ - ފޮޓޯ:އެޗްޑީސީ
އެޗްޑީސީގެ ފަރާތުން ބާއްވާ މޯލްޑިވްސް ހާފް މެރަތަންގެ އެކްސްޕޯ މާދަމާ
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ބާއްވާ މޯލްޑިވްސް ހާފް މެރަތަންގެ އެކްސްޕޯ މާދަމާ ފަށާނެއެވެ.

އެ ކޯޕަރޭޝަނުން ބުނީ މޯލްޑިވްސް ހާފް މެރަތަން 2023 ޕަވާޑް ބައި އެޗްޑީސީ ބޭއްވުމަށް އެންމެފަހުގެ ތައްޔާރީތައް ވަމުންދާއިރު، މެރަތަންގައި ބައިވެރިވާ ފަރާތްތަކަށް ރޭސް ކިޓް ހަވާލު ކުރުމަށާއި ދުޅަހެޔޮ ސިއްހަތާ ބެހޭ ގިނަ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ބާއްވާ އެކްސްޕޯ މާދަމާ ސިންތެޓިކް ޓްރެކްގައި އޮންނާނެ ކަަމަށެވެ.

މި އެކްސްޕޯގެ ތެރެއިން، މެރަތަންގައި ބައިވެރިވާ ފަރާތްތަކަށް ޑައިބެޓީސް އެސޯސިއޭޝަންގެ ފަރާތުން ހިލޭ ހެލްތް ސްކްރީނިން ހެދުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނެފައިވަނީ ހެލްތީ ލައިފް ސްޓައިލާއި ތިމާވެށި ރައްކާތެރި ކުރުމާ ގުޅޭ ހާއްސަ ޕެނަލް ޑިސްކަޝަންތަކެއް މި އެކްސްޕޯގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެޗްޑީސީން ބުނީ ހެނދުނު 9:00 އިން ފެށިގެން 11:00 ޖަހަން ދެން، އަދި 14:30 އިން ފެށިގެން 18:00 އަށް ސިންތެޓިކް ޓްރެކްގައި މި އެކްސްޕޯގެ އެކި ހަރަކާތްތައް ކުރިއަށް ދާނެ ކަމަށެވެ. 

މޯލްޑިވްސް ހާފް މެރަތަން ޕަވާޑް ބައި އެޗްޑީސީގައި ހާފް މެރަތަން، 15 ކިލޯމީޓަރު، 10 ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރުގެ އިތުރުން ފަސް ކިލޯމީޓަރުގެ ވީލް ޗެއާ ރޭހެއް ކުރިއަށް ދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެޗްޑީސީން ބުނީ މި ވީލް ޗެއާ ރޭހުގައި ޖުމްލަ 20 ބައިވެރިއަކު ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ރޭހާއި އިންލައިން ސްކޭޓިންގެ އެކި ދުރުމިނުގެ ރޭސްތައް ހިމެނިފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

މޯލްޑިވްސް ހާފް މެރަތަން 2023 ޕަވާޑް ބައި އެޗްޑީސީގެ ހުރިހާ ރޭހެއް ކުރިއަށް ދާނީ މި މަހުގެ 11 ވަނަ ދުވަހުއެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް