ads
ގުޅިފަޅު: ހުއްދަ ނުހޯދައި ތިލަފުއްޓާއި ގުޅިފަޅުގެ ފަޅުތެރޭގައި އަޅާފައި ހުރި އުޅަނދުތައް ނުނަގައިފި ނަމަ، އެއުޅަނދުތައް ނެގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް ވަނީ ބުނެފައި - ފޮޓޯ:އަވަސް
ގުޅިފަޅާއި ތިލަފުށި ފަޅުގެ ސަރަހައްދު ހުސްކުރަން އުޅަނދުތައް ނަގަނީ
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހުއްދަ ނުހޯދައި ކ. ތިލަފުއްޓާއި ކ. ގުޅިފަޅުގެ ފަޅުތެރޭގައި އަޅާފައި ހުރި އުޅަނދުތައް ނުނަގައިފި ނަމަ، އެއުޅަނދުތައް ނެގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް އެ ކޯޕަރޭޝަނުން އަންގައިފިއެވެ.

އެޗްޑީސީން މިރޭ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ތިލަފުށި އަދި ގުޅިފަޅު ފަޅުތެރޭގައި ހުއްދަ ނުނަގައި އަޅާފައި ހުރި އޮޑިދޯނިފަހަރު ނެގުމަށް އެކި މުއްދަތުދީ، އެތައް އިއުލާނެއް ކުރެވިފައި ވީނަމަވެސް، އެގޮތަށް ހުރި އުޅަނދުތައް ނަގާފައި ނުވާ ކަމަށެވެ. 

އެ ކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެ ކޯޕަރޭޝަނުގެ ފަރާތުން 'ކ. ތިލަފުއްޓާއި ކ. ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލު' އެކުލަވާލާފައިވާ ކަމަށާއި އެ އުސޫލުގައިވާ ގޮތުގެ މަތިން ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުތަކަކީ ކޮބައިކަން ކަނޑައަޅާ އެ އުޅަނދުތައް ނެގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ކުރި އިއުލާނުގައި ބުނީ "މި އުޅަނދުތައް މި ސަރަހައްދުގައި ހުރުމުން މި ކޯޕަރޭޝަން އަދި ސަރުކާރުން އެ ސަރަހައްދުގައި ހިންގަން ރާވާފައިވާ އެތައް ޕްރޮޖެކްޓަކަށް ހުރަސް އެޅި، އެ ސަރަހައްދު ބޭނުން ކުރާ ފަރާތްތަކަށް ދަތިވެ، އެ ސަރަހައްދުގެ ތިމާވެއްޓަށް ވެސް މިކަމުގެ ސަަބަބުން ވަރަށް ބޮޑަށް ގެއްލުންވަމުންދާ،" ކަމަށެވެ.

އެ ކޯޕަރޭޝަނުން ބުނީ އެއްވެސް ފަރާތެއްގެ އުޅަނދެއް ނުވަތަ މުދަލެއް ތިލަފުށި އަދި ގުޅިފަޅު ފަޅުގެ ސަރަަހައްދަށް ދޫކޮށްލާފައިވާ ނަމަ އެ ކޯޕަރޭޝަނުގެ ނަންބަރު 1516 އަށް ގުޅައި މައުލޫމާތު ސާފުކުރުމަށް އެތަކެތި ނެގުމަށް އިލްތިމާސް ކުރާ ކަަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް