ads
ޔުނައިޓެޑް - ބެޓިސް މެޗުގެ ތެރެއިން
ފުރަތަމަ ލެގުގައި ޔުނައިޓެޑަށް ބޮޑު މޮޅެއް
ޔުރޮޕާ ލީގުގެ ގަދަ 16 ޓީމުގެ ބުރުގެ ފުރަތަމަ ލެގުގައި ރޭ ސްޕެއިނުގެ ރެއާލް ބެޓިސް އަތުން މެންޗެސްޓަ ޔުނައިޓެޑުން ބޮޑު މޮޅެއް ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ޔުނައިޓެޑު މޮޅުވީ ބެޓިސް އަތުން 4-1 ންނެވެ. އަމިއްލަ ދަނޑުގައި މި ހޯދި ބޮޑު މޮޅާއިއެކު، އަންނަ ބުރާސްފަތި ދުވަހުގެރޭ ބެޓިސްގައި ކުޅޭ ދެ ވަނަ ލެގަށް ނުކުންނައިރު، ކުއާޓާ ފައިނަލުން ޖާގަ ހޯދުމަށް ފަސޭހަ މަގެއް ހޯދާފައެވެ. ޔުނައިޓެޑަށް ކުއާޓާގެ ފުރުސަތު ދެން ގެއްލޭނީ ހަތަރު ލަނޑުން ބަލިވެގެންނެވެ.

އޯލްޑް ޓްރެފަޑްގައި ރޭ 6 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ މިވަގުތު ފޯމުގައި ހުރި މާކަސް ރަޝްފޯޑެވެ. އެކަމަކު ހާފު ނިމުމުގެ ކުރިން، މެޗުގެ 32 ވަނަ މިނެޓުގައި ބެޓިސްގެ އަޔޯޒޭ ޕެރޭޒް ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. 

ޔުނައިޓެޑުން އަލުން ލީޑު ނެގީ ދެ ވަނަ ހާފުގަ އެވެ. ޔުނައިޓެޑުން ދެވަނަ ހާފުގައި ޖެހި ގޯލްތައް ޖަހައިދިނީ އެންޓޮނީ އާއި ބްރޫނޯ ފެނާންޑޭޒް އަދި ވައުޓް ވެހޯސްޓެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް