
ނަވާޒުއްދީން މިހެން ބުނީ، އޭނާގެ އަންހެނުން އާލިއާއާއި ދަރިން ގެއިން ނެރެފައިވާކަމަށް ބުނެ އާލިއާ ދައްކަމުންދާ ވާހަކަތަކަށް ރައްދުދީ އިންސްޓާ ގްރާމްގައި ކުރި ޕޯސްޓެއްގައެވެ.
އާލިއާ ފަހުން ވަނީ ނަވާޒުއްދީނާއި ދެކޮޅަށް ރޭޕް ކޭސްއެއްވެސް ފުލުހުގައި ފައިލް ކޮށްފައެވެ.
ނަވާޒުއްދީން ބުނީ އޭނާގެ އަންހެނުންނާއި ދަރިން ގެއިން ނެރެފައިވާކަމަށް ދައްކާ ވާހަކައަކީ ބޮޑު ދޮގެއްކަމަށާއި އާލިއާ ޑިމާންޑް ކުރަމުންދަނީ އިތުރު ފައިސާއާއި މުދަލަށް ކަމަށެވެ. އަދި އެކަމަށް އޭނާ ދަރިން ބޭނުންކުރާކަމަށާއި ދަރިން ގެންގޮސް ފޮރުވައިގެން ހުރެ އިތުރު ފައިސާއަށް ޑިމާންޑް ކުރަމުން ދާކަމަށް ނަވާޒުއްދީން ބުނެފައި ވެއެވެ.
އާލިއާ ފަތުރަމުންދާ ވީޑިއޯ ތަކަކީވެސް ކުރިއާލާ ތައްޔާރުވެ އުފައްދާފައިވާ ވީޑިއޯތަކެއް ކަމަށާއި، އާލިއާ ފައިސާ ހޯދަން ކުޅެމުންދާ ޑްރާމާގެ ތެރޭގައި އެކަމުގެ ދެރަ ދަރިންނަށް ލިބޭތީ ދެރަވާކަމަށްވެސް ނަވާޒުއްދީން ބުނެފައި ވެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު އާލިޔާ ވަނީ ނަވާޒުއްދީންގެ އާއިލާއިން އާލިޔާ ރަހީނުކޮށްގެން 7 ދުވަސްވެންދެން އަނިޔާކުރިކަމަށް ބުނެ ފުލުހުންނަށް މައްސަލައެއް ވެސް ހުށަހަޅާފައެވެ.
ނަވާޒުއްދީންގެ މަންމަ މެހުރޫނިސާ ވަނީ އާލިއާއި ދެކޮޅަށް ވެސް މައްސަލައެއް ޖައްސާފައެވެ. އެއީ ހުއްދަނެތި ތަނަކަށް ވަތް މައްސަލައެވެ.
އާލިއާ އޭނާގެ މައިދައިތަ އާއި ދެމެދު ޖެހިފައިވާ މައްސަލައަކީ ނަވާޒުއްދީން ގަތް ބަންގުލޯއަށް އާލިއާ ވަންނަމައްސަލަކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ބަންގުލޯއަކީ ނަވާޒުއްދީން އެނާގެ މައްމައަށް ގަތް ބަނގުލޯއެއް ނަމަވެސް އާލިއާ އޭނާގެ ދެ ދަރިންނާއެކު ދިރިއުޅެނީ އެތަނުގައެވެ.
ނަވާޒުއްދީން އާލިއާއަށް އެޕާޓުމަންޓެއް ގަނެދީފައިވީނަމަވެސް އެ އެޕާޓުމަންތުގައި އާލިއާ އުޅެން ބޭނުންނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.