ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރުގެ ފުރަތަމަ ދެ މަސްދުވަހުގެ ތެރޭގައި އެ ފަންޑަށް ވަނީ 163.3 މިލިއަން ރުފިޔާ ޖަމާކޮށްފައެވެ.
މި ފަންޑަކީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ނަގާ ލޯނު ދެއްކުމުގެ ގާބިލުކަން ހޯދުމަށާއި ނަގާ ދަރަނި އަދާކުރުމުގައި އިގުތިސާދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެެއްލުން ފޫބެއްދުމަށް 2017 ވަނަ އަހަރު އުފެއްދި ފަންޑެކެވެ.
ސޮވެރިން ފަންޑަށް ފައިސާ ޖަމާކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައޭ) ބޭނުން ކުރާ ފަރާތްތަކުގެ އަތުން ނެގޭ އެއާޕޯޓް ޑިވެލޮޕްމެންޓު ޗާޖް (އޭޑީސީ) އިންނާއި އެއާޕޯޓުގެ އެކި ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރަށް ލިބޭ ފައިސާއިންނެވެ.