ads
ޕްރައިމަރީގައި ވޯޓްލުމަށް ޝާޒް ވޯޓިން މަރުކަޒެއްގައި
ގުރައިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ޝާޒްއަށް
ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކ ގުރައިދޫ ދާއިރާގެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީން ކެންޑިޑޭޓަކަށް އިބްރާހިމް ޝާޒް ހޮވިއްޖެއެވެ.

ޝާޒް އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރެއްވީ މިއަދު ބޭއްވި އެދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރައްވައިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ ފާއިތުވި ތިން ދައުރުގައިވެސް އެދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އިބްރާހިމް ރިޒާ މިދިޔަ މަހު 23 ގައި އަވަހާރަ ވުމުންނެވެ. ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅުގައި މެލޭޝިއާގައެވެ. 

އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީގެ ޕްރައިމަރީއަށް ނަން ހުށަހެޅުމަށް މިދިޔަ މަހު 27 ވަނަ ދުވަހު ހުޅުވާލި ފުރުސަތުގައި މުއްދަތު ހަމަވިއިރު ކުރިމަތި ލާފައިވަނީ:

1. މުޙައްމަދު މުސްތަފާ – ވިވިޑް / ކ. މާފުށި

2. ސަލްމާން ރަޝީދު – މާފަރިވާގެ / ކ. މާފުށި

3. އިބްރާހިމް ޝާޒް – ފައިވްރޯޒް / ކ ގުރައިދޫ

4. އަބްދުﷲ ސައީދު – ވެލި / ކ. ގުރައިދޫ

ޝާޒް ޕްރައިމަރީ ކާމިޔާބު ކުރެއްވީ 53.44 އިންސައްތަ ވޯޓް ކާމިޔާބު ކުރައްވައިގެންނެވެ. އެއީ 311 ވޯޓެވެ. ޝާޒްއާއި އެންމެ ގާތުން ވާދަކުރެއްވި ސަލްމާން ރަޝީދަށް 32،65 އިންސައްތަ ވޯޓް ލިބުނެވެ. އެއީ 190 ވޯޓެވެ.

ޕްރައިމަރީގައި ވޯޓް ލުމަށް، 844 މީހަކު ރެޖިސްޓްރީ ކޮށްފައިވާއިރު، ވޯޓް ދީފައިވަނީ 590 މީހުންނެވެ. އެއީ ވޯޓްލުމަށް ރެޖިސްޓްރީ ކުރި މީހުންގެ 69.91 އިންސައްތަ އެވެ.

ބައި އިލެކްޝަންގައި އިދިކޮޅު ޕީޕީއެމް ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަނީ އެދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރިޒާގެ ކޮއްކޮ ހަސަން ރިޒާއެވެ. ބައި އިލެކްޝަންގައި ދެން ވާދަކުރަނީ އެމްއެންޕީގެ ކެންޑިޑޭޓް އަލީ އާރިފް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް