ads
މިނިސްޓްރީ އޮފް ފައިނޭންސްގެ ވީކްލީ ފިސްކަލް ރިޕޯޓް
ޕީއެސްއައިޕީއަށް އެއް ބިލިއަން ރުފިޔާ ހަރަދު ކުރެވިއްޖެ
މިހިނގާ މާރިޗްމަހުގެ ދެ ވަނަދުވަހާއި ހަމައަށް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ނުވަތަ ޕީއެސްއައިޕީ އަށް ދައުލަތުގެ ބަޖެޓުން 1.3 ބިލިއަން ރުފިޔާ ހަރަދު ކުރެވިއްޖެކަމަށް ދައްކައިފި އެވެ.

މިނިސްޓްރީ އޮފް ފިނޭންސް އިން ދައުލަތުގެ ހަރަދާއި، އާމްދަނީ ގެ ތަފްސީލްތައް ހާމަކުރުމަށް ކޮންމެ ހަފްތާއަކު ޝާއިއުކުރާ ވީކްލީ ފިސްކަލް ރިޕޯޓް އިން ދައްކާގޮތުން، ޕީއެސްއައިޕީގެ ދަށުން މިއަހަރުގެ މިހާތަނަށް އެއްމެ ބޮޑު ހޭދައައެއް ކުރެފިވައިނީ ބިންހިއްކުމާއި މަގުތައް ހެދުމަށެވެ. 

މިކަމަށް 398 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެވިފައި ވާއިރު، ދެވަނައަށް އެއްމެ ބޮޑު ހޭދައެއް ކުރެފިވައިވަނީ ދަތުރުފަތުރުކުރުމުގެ ދާއިރާއަށެވެ. މިދާއިރާއަށް 336 މިލިއަން ރުފިޔާ ހަރަދު ކުރެވިފައިވާ ކަމަށް މި ރިޕޯޓް އިން ދައްކައެވެ. އަދި ޕީއެސްއައިޕީ ދަށުން އެއްމެ ކުޑަ ހޭދައެއް ކުރެެވިފައިވަނީ މަސްވެރިކަމާއި ދަނޑުވެރިކަން ތަރައްގީ ކުރުމުގެ ދާއިރާ އަށެވެ. މިގޮތުން މިކަމަށް ހޭދަ ކުރެވިފައިވަނީ 2 މިލިއަން ރުފިޔާއަށް ވުރެ ކުޑަ އަދަދެކެވެ.

ނޭޝަނަލް ޕޭ ހާމަނައިޒޭޝަން ނުވަތަ ދައުލަތުގެ ހުރިހާ މުވައްޒިފުންގެ މުސާރަތައް ގިންތިކޮށް، މުސާރައިގެ ކުރިއެރުން ގެނައުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމާއި އެކު، ފެބްރުއަރީ މަހުގެ ނިޔަލަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 945 މިލިއަން ވުރެ ގިނަ ރުިފިޔާ ހަރަދުކުރެވިފައިވާ ކަމަށް ދައްކާއިރު، މިއީ 2022 އަހަރުގެ ފެބްރުއަރީ މަހާއި އަޅާ ބަލާއިރު ގާތްގަނޑަކަށް 100 މިލިއަން ރުފިޔާގެ އިތުރު ވުމެކެވެ.

ނިމިދިޔަ 2022 ވަނައަހަރުގެ މިދުވަހާއި އަޅާ ބަލާއިރު ދައުލަތުގެ ޖުމްލަ އާމްދަނީ އަށް 1 ބިލިއަން ރުފިޔާގެ ކުރިއެރުމެއް އައިސް، 4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެއްމެ ބޮޑު ފަރަގެއް ފާހަގަކުރެވެނީ ދައުލަތަށް ލިބޭ ޓެކްސް އިންނެވެ. ޓީޖީއެސްޓީ 12 އިންސައްތަ އިން 16 އިންސައްތަ އަށް ބޮޑުވެ އަދި ޖީއެސްޓީ 6 އިންސައްތަ އިން 8 އިންސައްތައަށް ބޮޑުވުމާއި އެކު، ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އަށް 600 މިލިއަން ރުފިޔާގެ ކުރިއެރުމެއް އައިސްފައިއެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް