ads
ފުލުހުން ކުރިން ހިންގި އޮޕަރޭޝަނެއްގައި
ފުލުހުންނަށް ދޮގު ހެދި މީހަކު ހަތަރު މަހަށް ޖަލަށް
މާރާމާރީއަކާއި ގުޅުން ހުރި ތަހުގީގެއްގައި ފުލުހުންނަށް ދޮގު ބަޔާން ދިން މީހަކު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

މިއީ ހުވަދުއަތޮޅު ރަށެއްގައި 2019 ވަނަ އަހަރު ހިނގި ހާދިސާއަކާ ގުޅޭ ހުކުމެކެވެ. މި ހުކުމް އައި މީހަކީ، 2019 ވަނަ އަހަރުގެ އޮގަސްޓް މަހު، ގްރޫޕަކުން އެއް ދުވަހެއްގެ ފަތިހު އެ ގޭ ދޮށަށް ގޮސް ބަރުގޮނު އަޅައި، ބޮޑު ވަޅިއަކާ ދަގަނޑު ބުރިއަކުން ބިރު ދައްކައި އިންޒާރު ދިން ކަމަށް ބުނެ ފުލުހުންނަށް ދޮގު ބަޔާނެއް ދިން މައްސަލައެވެ.

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައިވާ ގޮތުން، ހުކުމް އައި މީހާވަނީ، އޭނާ ނިސްބަތްވާ ރަށުގެ އެހެން ހަތަރު މީހަކު އޭނާ ދިރިއުޅޭ ގޭ ދޮށަށް ގޮސް ބިރު ދައްކައި މަރުގެ އިންޒާރު ދީ އަދި ގޭ ހުރި ބައެއް ތަކެއްޗަށް ގެއްލުން ދިން މަންޒަރު ފެނުނު ކަމަށް ބުނެ ފުލުހުންނަށް ބަޔާން ދީފައެވެ. 

މި ގޮތަށް ބަޔާން ދިނުމަށް ފަހު، ޝަރީއަތުގައި އެ މީހާ ބުނެފައިވަނީ އެ ބަޔާން ދީފައިވަނީ ފުލުހުން އެ ގޮތަށް ބަޔާން ދިނުމުން މައްސަލަ ސާބިތުވާނެ ކަމަށް ބުނުމުން ކަމަށެވެ. އަދި ގަސްތުގައި ދޮގު ބަޔާނެއް ދިނުމަށް އެއްވެސް ކަމެއް ނުކުރާ ކަމަށް ބުނެ އޭނާ ދައުވާއަށް އިންކާރު ކުރުމުން މި މައްސަލަ ސާބިތުކޮށްފައިވަނީ ދައުލަތުން ހުށަހެޅި ހެއްކައް ރިއާޔަތްކޮށެވެ.

މައްސަލަ ސާބިތުވުމުން އޭނާ އެދިފައިވަނީ ލުއި އަދަބެއް ދިނުމަށެވެ. އެހެންނަމަވެސް އަދަބު ލުއިކޮށްދޭނެ ހާލަތެއް ނެތް ކަމަށް ބަލައި މައްސަލަ ބެލި ގާޒީވަނީ ހަތަރު މަހާއި 24 ދުވަހުގެ ހުކުމެއް މި މީހާގެ މައްޗަށް އިއްވާފައެވެ. މިދިޔަ ހަފްތާގައި އެ ހުކުމް، އެ ރަށުގެ މެޖިސްޓްރޭޓް ކޯޓުން އިއްވާފައިވަނީ ދިވެހި ފިރިހެނެއްގެ މައްޗަށެވެ. މި މައްސަލައިގައި ދައުލަތުން އެ މީހާގެ މައްޗަށް ކޮށްފައިވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް