ads
ރާއްޖޭގެ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު
މިނިސްޓަރު ޝާހިދު އިނގިރޭސިވިލާތަށް ވަޑައިގެންފި
ރާއްޖޭގެ ހާޖިރީ ވަޒީރު އަބްދުﷲ ޝާހިދު މުހިންމު މަޝްވަރާތަކެއްގައި ބައިވެރިވުމަށް އިނގިރޭސިވިލާތަށް ވަޑައިގެންފިއެވެ.

އިނގިރޭސިވިލާތަށް ކުރައްވާ މި ދަތުރުފުޅުގައި ކޮމަންވެލްތު ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް މިނިސްޓަރު ޝާހިދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ މިނިސްޓަރުންނާއި ބައްދަލުކޮށް ދިވެހިރާއްޖެ އަދި އިނގިރޭސިވިލާތުގެ ގުޅުން ބަދަހި ކުރުމާއި ބެހޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރު ޝާހިދު ވަނީ ހާމަކުރައްވާފައެވެ.

ނިސްޓަރު އިނގިރޭސިވިލާތުގެ ލަންޑަނަށް ވަޑައިގެންނެވީ ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށް ގެންދެވުނު އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސްވަނަ ކޮންފެރެންސްގައި ބައިވެރިވެވަޑައިގަތުމަށާއި، ޖަރުމަނުވިލާތުގެ ބާލިންގައި ކުރިއަށްދިޔަ އައި.ޓީ.ބީ ފެއާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ގަތަރަށާއި ޖަރުމަނުވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު އެވެ.

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ސޯލިހު ވަނީ މިއަދު ރާއްޖެއަށް ވަޑއިގެންފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް