
ރޯވި ސ. ހިތަދޫ އާގަލާ ބޯޓު ވަނީ އަނދާ ހުލިވެފައި
ގެއްލުނު އިންޑިއާ މީހާ ހޯދުމުގެ މަސައްކަތް ހުއްޓާލައިފި
ސީއެންއެމް ނިއުސް ޓީމް
12 މާރޗް 2023 - 13:48:45
މ އަތޮޅު ތުވަރު ކައިރިން ދަތުރުކުރަމުން ދަނިކޮށް މިމަމަހު ހަ ވަނަ ދުވަހުގެ ރޭ މެންދަމު އަލިފާން ރޯވި "އާގަލާ" ބޯޓުން ގެއްލުނު އިންޑިއާ މީހާ ހޯދުމުގެ އޮޕަރޭޝަން ހުއްޓާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ އޮޕަރޭޝަން ހުއްޓާލިއިރު ކަނޑާއި ވައިގެ މަގުން 2164 ސްކެއާކިލޯ މީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
"އާގަލާ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންވަނީ 72 ގަޑީއިރަށްފަހު ހުއްޓާލާފައި، މި އޮޕަރޭޝަންގައި ކަނޑާއި ވައިގެ މަގުން ޖުމްލަ 2164 ސްކެއާ ކިލޯމީޓަރުގެ ސަރަހައްދެއްވަނީ ބެލިފައި" އެމްއެންޑީޫއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވިއެވެ.
އައްޑޫއަށް ނިސްބަތްވާ އާގަލާ ބޯޓްގައި އަލިފާން ރޯވީ، އައްޑޫއިން މާލެއަށް ދަތުރުކުރަމުން ދަނިކޮށެވެ. ނަމަވެސް ބޯޓްގައި ރޯވަން ދިމާވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
ބޯޓް އަޑިއަށް ދިޔައިރު، އެބޯޓުން ދަތުރު ކުރި 15 މީހުންގެ ތެރެއިން 14 މީހަކު ވަނީ ސަލާމަތް ކުރެވިފައެވެ. ގެއްލިގެން ހޯދަމުން ދިޔައީ އިންޑިއާއަށް ނިސްބަތްވާ އެބޯޓްގެ ފަޅުވެރިއެކެވެ.
ބޯޓުގައި ދަރުތުކުރަމުންދިޔައީ:
- 5 ދިވެހީން
- 5 އިންޑިއާ މީހުން
- 5 ބަގްލަދޭޝް މީހުން
އާގަލާ ބޯޓްގައި ރޯވެ އެއްކޮށް އަނދައި އެދުވަހު ހެނދުނު ވަނީ ބޯޓް އަޑިއަށް ގޮސްފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް