އެ ސްކޫލުގެ ގުރޭޑް 10 އެއްގެ ތިން ދަރިވަރުން ސްކޫލް ގަޑީގައި ބޭރައް ދިއުމުން އަދަބެއްގެ ގޮތުން "ދެން ސްކޫލު ގަޑީގައި ބޭރަށް ނުދާނެ" ކަމަށް އެ ކުދިން ލައްވައި ގަނޑެއްގައި ލިޔުއްވިއެވެ. އަދި އެ ގަނޑުކޮޅު ހިފަހައްޓައިގެން ދެ ގަޑިއިރުގެ އސެމްބްލީގައި އެ ތިން ކުދިން ބެހެއްޓިކަމަށްވެސް މައުލޫމާތު ލިބެއެވެ. މި މައްސަލއިގައި ބެލެނިވެރިން ވަނީ މި ކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
އެކަން ހިނގި ވަގުތު ސްކޫލުގެ ޕްރިންސިޕަލް ވެސް ހުރި ކަމަށާއި ނަމަވެސް އަޅާ ނުލި ކަމަށް ބެލެނިވެރިން ބުނެފައިވެ އެވެ.
މިކަމާއި ގުޅިގެން ސީއެންއެމުން ގުޅުމުން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ "އުސޫލާއި ހިލާފަށް ދަރިވަރުންތަކަށް އަދަބު ދިން މައްސަލައެއް" ބަލަމުންދާ ކަމަށެވެ. ނަމަވެސް އިތުރުތަފްސީލެއް އެޑިއުކޭޝަން މިނިސްޓްރީން ނުދެއެވެ.