
މި ހަބަރާއެކު މުޅި ސްޕެއިން އަށް ލޮޅުން އަރާފައިވާކަމަށާއި، ޒުވާނުންގެ މެދުގައި ބޮޑުވަމުން އަންނަ އަނިޔާވެރިކަން ހުއްޓުވޭނެ ގޮތަކާ މެދު ވަރުގަދަ ބަހުސްތަކެއް ފަށާފައިވާކަމަށް ހަބަރުތައް ބުނެއެވެ.
"ކެޓަލޯނިއާ" ޓީވީ އިން ބުނީ މި އަމަލު ހިންގާފައިވަނީ ބަޑަލޯނާގެ ޝޮޕިން ސެންޓަރެއްގައި ކަމަށެވެ. އެ ހާދިސާ ހިނގާފައިވަނީ ހަ ކުޑަކުދިންގެ ގްރޫޕަކުން ވަޅިން އަންހެން ކުއްޖާއަށް ބިރު ދައްކައިގެން ފާޚާނާއަކަށް ވައްދައިގެންނެވެ.
މިކަން ހާމަވެފައިވަނީ ހާދިސާ ހިނގާދިޔަތާ ތިން ވަރަކަށް މަސް ދުވަސް ފަހުންނެވެ.
މި މައްސަލައިގައި އޭއެފްޕީން ސުވާލު ކުރުމުން، ފުލުހުންނަށް ޑިސެމްބަރު މަހު ޝަކުވާއެއް ލިބިފައިވާކަން ކަށަވަރުކޮށްދީފައި ވެއެވެ. ކުޑަކުދިންނާ ގުޅޭ "ޖިންސީ އަނިޔާ" - ރޭޕް ހިމެނޭ ގޮތަށް ގިނަ ކުށްތަކެއް ހިމެނޭ - ޝަކުވާއެއް ލިބިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އެކަމަކު އެކަމުގައި ބައިވެރިވި މީހުންގެ އުމުރާ ހަވާލާދީ އިތުރު ތަފްސީލް ދިނުމަށް ފުލުހުން ދެކޮޅު ހަދައެވެ. އަދި ޕީޖީން ބުނީ ތަހުގީގު ކުރިއަށް ގެންދަނީ ސިއްރުންކަމަށެވެ.
ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި 11 އަހަރުގެ ކުއްޖާ ރޭޕު ކުރިކަމަށް ކަމަށް ތުހުމަތު ކުރެވޭ ގިނަ ކުދިންނަކީ 14 އަހަރުން ދަށުގެ ކުދިންކަމަށެވެ. މިހެންކަމުން ސްޕެއިންގައި ޖިނާއީ ދައުވާ އުފުލުމަށް ގާނޫނީ އުމުރު - ޝަރީއަތަށް ހާޒިރު ކުރުމުގެ ފުރުސަތު އޮތީ ކުއްޖަކަށް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
މި މައްސަލައިގެ ބައެއް އަޑުއެހުންތައް ސިއްރުން ކުރިއަށް ގެންދަމުން އަންނަކަމަށް ވެސް ސްޕެއިންގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.