ads
ފަރެސްމާތޮޑާ އެއާޕޯޓުގައި މޯލްޑިވިއަންގެ ބޯޓް: އެއާޕޯޓުގައި ޓެސްޓް ފްލައިޓް ޖައްސާފައިވަނީ ހަވީރު 5:28 ގައި - ފޮޓޯ:ޕްލޭނިން މިނިސްޓްރީ
ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި
ފަރެސްމާތޮޑާ އެއާޕޯޓަށް ބޭއްވި ފުރަތަމަ ޓެސްޓް ފްލައިޓް ދަތުރުގައި އެ އެއާޕޯޓަށް ޖައްސާފައިވަނީ މޯލްޑިވިއަންގެ ބޯޓެއް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
Advertisement

ޕްލޭނިން މިނިސްޓްރީން ބުނެފައިވަނީ މިއަދު ހަވީރު 5:28 ގައި ފަރެސްމާތޮޑާ އެއާޕޯޓުގައި ޖައްސާފައިވަނީ މޯލްޑިވިއަންގެ ފްލައިޓް Q2-6482 ކަމަށެވެ. މިއީ ޑޭޝް 8-300 މަރުކާގެ ބޯޓެކެވެ.

ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައިވާއިރު، މޯލްޑިވިއަނުން ވަނީ ފަރެސްމާތޮޑާ އެއާޕޯޓަށް 'ޕްރޮމޯޝަނަލް ފެއަ' އެއް ފަށާފައެވެ.

މޯލްޑިވިއަނުން ބުނެފައިވަނީ މި 'ޕްރޮމޯޝަނަލް ފެއަ' ގެ ދަށުން ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ،

  • މި މަހުގެ 16 ވަނަ ދުވަހާއި 19 ވަނަ ދުވަހު ކަމަށް
  • މާލެއިން ފަރެސްމާތޮޑާއަށް - ހެނދުނު 08:10 ގައި
  • ފަރެސްމާތޮޑާއިން މާލެއަށް - ހެނދުނު 10:05 ގައި

މޯލްޑިވިއަނުން ބުނި ގޮތުގައި ދަތުރުގެ ވަންވޭ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 1,574 ރުފިޔާއަށް ކަމަށާއި ރިޓާން ޓިކެޓެއްގެ އަގަކީ 3،148 ރުފިޔާ ކަމުގައެވެ.

ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ. އެއާޕޯޓު ހުޅުވައިދެއްވާނީ ރައީސް ސޯލިހުއެވެ.

އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްގެން ތަރައްގީ ކުރި މި އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް ތައްޔާރުވުމުގެ މަަސައްކަތްތައް މިހާރު ދަނީ އެ އެއާޕޯޓުގައި ކުރަމުންނެވެ.

މި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 1،200 މީޓަރުގެ ރަންވޭ އެއް އަޅައި ޓެކްސީވޭއަކާއި އޭޕްރަންއަކާއި ފަޔަ ޕެޑް އަދި ފަޔަ ރޯޑެއްގެ އިތުރުން ފަޔަ ސްޓޭޝަނެއް ތަރައްގީކުރުމާ އެކު، ރޭގަނޑު ފްލައިޓުތައް ޖެއްސުމަށް ބޭނުންވާ ލައިޓްތައް ހަރުކުރުމުގެ މަސައްކަތް ވެސް ވަނީ ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް